ސައުދީ އަރަބިއާ ގެ ދިދައިގައި ޝަހާދަތުގެ ދެ ކަލިމަ ލިޔެފައި ވާތީ، ފީފާ ވޯލްޑް ކަޕްގައި އެ ދިދައަށް އޮތް އިހުތިރާމް އަދާކޮށްފި އެވެ.
ރާއްޖޭ ގަޑިން ހޯމަ ދުވަހުގެ ރޭ ދަންވަރު އުރުގުއޭއާ ދެކޮޅަށް ކުޅެ 1-1 އިން އެއްވަރުވި މެޗު ފެށުމުގެ ރަސްމިއްޔާތުގައި، ގައުމީ ސަލާމް ކިޔަމުން ދިޔަ ވަގުތު އިހުތިރާމް އަދާކުރުމުގެ ގޮތުން ސައުދީގެ ދިދަ، ބިންމަތީގައި ބޭއްވުމުގެ ބަދަލުގައި ބިމުން މައްޗަށް އުފުލައި ހިފަހައްޓި އެވެ.
މި މަންޒަރަށް ގިނަ ބައެއްގެ ސަމާލުކަން ވަނީ ލިބިފަ އެވެ. އަދި މި މުބާރާތުގައި ސައުދީ ކުޅޭ ކޮންމެ މެޗެއްގެ ކުރިން ވެސް މި މަންޒަރު ފެންނާނެކަމަށް އުއްމީދު ކުރެ އެވެ.
މުސްލިމުންގެ އެންމެ މާތް، މުގައްދަސް ދެ ކަލިމަ އެކުގައި ލިޔެފައިވާ ސައުދީގެ ދިދަ ބިންމަތީގައި ބޭއްވުމަކީ ވެސް، އެ ގައުމުގެ ދިދަ ބޭނުން ކުރުމުގެ އުސޫލާ ހިލާފް ކަމެކެވެ. ފީފާއިން ވެސް ވަނީ އެ އުސޫލަށް އަމަލުކޮށްފަ އެވެ.
އެހެންވެ، އެއް މެޗެއްގައި ޑިޕޮލޮމަސީ ހިފެހެއްޓުމުގެ ގޮތުން އުރުގުއޭގެ ދިދަ ވެސް، ބިމުގައި ނުޖައްސައި ހިފެހެއްޓި އެވެ.
މި އަހަރުގެ މުބާރާތުގައި ފީފާއިން ގިނަ އާ އުސޫލުތަކެއް ހަމަޖައްސާފައިވެ އެވެ. ކޮންމެ މެޗެއް ފެށުމުގެ ކުރިން ގައުމީ ސަލާން ކިޔާއިރު، ޓީމުތަކުގެ މުޅި ސްކޮޑް ދަނޑުގެ މެދުގައި ގައުމީ ސަލާމުގައި ބައިވެރިވުމަކީ ވެސް ފީފާއިން މިފަހަރު ހަމަޖައްސާފައިވާ އުސޫލެކެވެ.
ޝަހާދަތުގެ ދެ ކަލިމައަށް އިހްތިރާމްކޮށް ވޯލްޑް ކަޕްގައި ސައުދީގެ ދިދަ ބިމުގައި ޖެހުނަ ނުދިން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ