ރައީސް ސޯލިހުއާއި ކުރީގެ ރައީސް މައުމޫން ބައްދަލު ކުރައްވައިފި

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިޙާ މިއަދު ބައްދަލުކުރައްވައިފިއެވެ.
ރައީސް އޮފީހުން ބުނީ އެ ބައްދަލުވުން ކުރިއަށްދިޔައީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގަ ކަމަށެވެ.
މިއަދުގެ ބައްދަލުކޮށްލެއްވުމުގައި ރައީސް ސޯލިހު ސަރުކާރަށް، މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރުއެމް) އާއި އެމަނިކުފާނުގެ ފުރިހަމަ އެއްބާރުލެއްވުމާއި ތާއީދު އަބަދުވެސް އޮންނާނެ ކަމުގައި ރައީސް މައުމޫން ވިދާޅުވި ކަމަށް ރައީސް އޮފީހުން ބުނެއެވެ. އަދި ރައީސް މައުމޫން ވަނީ ކޯލިޝަން ސަރުކާރު ދެމެހެއްޓުމަށް އެއްބާރުލުން ދެއްވައި ކޯލިޝަނާ އެކީ ދެމިހުންނަވާނެކަމުގައި ވިދާޅުވެފައެވެ.
މީގެ އިތުރުން މިބައްދަލުކުރެއްވުމުގައި ރައީސް ސޯލިހުގެ ސަރުކާރުން މިހާރު ކުރިއަށް ގެންދަވާ އެކި ކަންކަމާ ބެހޭގޮތުން ދެބޭފުޅުން މަޝްވަރާ ކުރެއްވެވިކަމަށް ވެސް ރައީސް އޮފީހުން ބުނެއެވެ.
މީގެކުރިން ވެސް މައުމޫންއާއި އެމަނިކުފާނުގެ ދަރިކަލުން އަދި ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫން ވަނީ ރައީސް ސޯލިހުގެ ސަރުކާރަށް ފުރިހަމައަށް އެއްބާރުލުން ދެއްވާނެ ކަމަށް ތަކުރާރުކޮށް ވިދާޅުވެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ