ހާޖަރާގޭ އަބްދުﷲ ލުތުފީ ހައްޔަރުކޮށްފި

ތިނެއް ނޮވެމްބަރު 1988 ވަނަ އަހަރު ރާއްޖެއަށް އުދުވާނީ ހަމަލާއެއްދީ 19 ދިވެހީން ޝަހީދުކޮށްލުމުގައި އެންމެ އިސްކޮށް އުޅުނު ހ. ހާޖަރާގޭ އަބްދުﷲ ލުތުފީ ސްރީލަންކާގައި ހުންނަ ދިވެހި އެމްބަސީއަށް ދިޔުމުން ހައްޔަރުކޮށްފިއެވެ.
19 ދިވެހިން ޝަހީދުކޮށްލި ނޮވެމްބަރު ތިނެއްގެ ހަމަލާގައި ބައިވެރިވި އަބްދުﷲ ލުތުފީ އުމުރަށް ޖަލަށް ލާފައިވަނިކޮށް ފިލާފައިވަނީ، 16 ޖެނުއަރި 2010 ވަނަ ދުވަހު ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ފޮނުވުމުންނެވެ.
އޭނާ ހައްޔަރުކޮށްފައިވަނީ މިދިޔަ މެއި މަހު އެއް ވަނަ ދުވަހު ސްރީލަންކާގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީއަށް ދިއުމުންނެވެ.
ފުލުނުން ވިދާޅުވީ އަބްދުﷲ ލުތުފީ ރާއްޖެ ގެނައުމުގެ މަސައްކަތް ކުރަމުން ގެންދާކަމަށާއި އޭނާ މިވަގުތުހުރީ ލަންކާގައި ދިވެހި ފުލުހުންގެ ބެލުމުގެ ދަށުގައި ކަމުގައެވެ.
ލުތުފީ ހައްޔަރުކުރި އިރު އޭނާ ހޯދުމަށް ދިވެހި ފުލުހުންގެ އެދުމަށް އިންޓަޕޯލުންވަނީ ރެޑް ނޯޓިސް ނެރެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ