ބާ ކައުންސިލްގެ ރައީސް ކަމަށް މައުމޫން ހަމީދު

ގާނޫނީ ފަންނުގެ ދާއިރާއަށް ބޮޑު އިންގިލާބެއް ގެންނާނެ ބާ ކައުންސިލްގެ އެގެޒެކެޓިވް ކޮމެޓީގެ ރައީސް ކަމަށް މައުމޫން ހަމީދު އިންތިހާބުވެވަޑައިގެންފި އެވެ.
މައުމޫން ކުރައްވާފައިވަނީ ކުރީގެ ބަންޑާރަ ނައިބު ހުސްނުއް ސުއޫދާއެވެ.
ނިމިދިޔަ ސަރުކާރުގައި މައުމޫން ހަމީދުގެ ނަން ޕްރޮސިކިއުޓާ ޖެނަރަލްގެ މަގާމަށް ވެސް ހުށަހެޅި އެވެ. ނަމަވެސް އޭނާއަށް އެފަހަރު ސަރުކާރު މެންބަރުންގެ ތާއިދެއް ނުލިބެނެވެ. އޭގެ ފަހުން މައުމޫން ހަމީދު ވަނީ ސިޔާސީ ބައެއް ބޭފުޅުންގެ ގާނޫނީ ވަކީލްކަން ކުރައްވާފަ އެވެ. އޭގެ ތެރޭގައި ރައީސް މައުމޫން އަބްދުލްގައްޔޫމް ހިމެނިވަޑައިގަންނަވަ އެވެ.
ސުއޫދަކީ މިހާރު ވެސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އުފައްދަވާފައިވާ މަރު ކޮމިޝަންގެ ރައީސް އެވެ. ގާނޫނީ ފަންނުގެ ގާނޫނު ވުޖޫދަށް ގެނައުމަށް ސުއޫދު ގިނަ މަސަކަތްތަކެއް ކުރެއްވި އެވެ. އަދި ދާއިރާއަށް ވެސް ގިނަ ހިދުމަތްތަކެއް އަމިއްލަ ގޮތުން ކުރައްވާފައިވާ ސުއޫދަކީ ދައުލަތުގެ ގިނަ މަގާމުތަކެއް ވެސް ފުރުއްވި ބޭފުޅެކެވެ. ނިމިގެންދިޔަ ފަސް އަހަރުގެ ތެރޭގައި ސިޔާސީ ބައެއް ބޭފުޅުންގެ ވަކީލްކަން ވެސް ސުއޫދު ކުރެއްވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ