އިއްޔެ ބޭ އްވި ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބުގައި ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ކެންޑިޑޭޓުންނަށް ކާމިޔާބު ކޮށްދިނުމުގައި އެ ޕާޓީގެ ކައުންސިލުން ކުރި މަސައްކަތެއް ނެތް ކަމަށް އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ
އިއްޔެ ނިމިގެން ދިޔަ ރައްޔަތުންގެ މަޖިލީހުގެ އިންތިހާބުގައި ޖޭޕީއަށް އެންމެ 07 ގޮނޑި ކާމިޔާބުކުރެވިފައިވާއިރު އެ ޕާޓީގެ ކައުންސިލް މެމްބަރުން ވަނީ ލިބުނު ނާކާމިޔާބީއަކީ ވަގުންނާއި ބައިޔަތު ހިފުމުން ލިބުނު ނާކާމިޔާބީއެއް ކަމުގައި ބުނެ ވަރަށް ބޮޑަށް ފާޑުކިޔާފައެވެ
ޖޭޕީގެ ކައުންސިލް މެމްބަރުންގެ ވާހަކަތަކަށް ރައްދު ދެއްވާ ގާސިމް ވިދާޅުވީ 2009 ގައި ވެސް އެ ޕާޓީން ޓިކެޓު ދީގެން އެއްވެސް ބަޔަކާ ބައިވެރިވެ ނުވެ، 30 މީހުންނަށް ޚާރަދުކޮށްގެން ހޮވިވަޑައިގަތީ އެމަނިކުފާނު އެކަނި ކަމަށެވެ.
މީގެ އިތުރުން ގާސިމް ވަނީ މި އިންތިޚާ ކާމިޔާބު ކުރަންއެ ޕާޓީގެ އިސް ސަފުގައި ތިބި ފަރާތްތަކުން ކޮށްދެއްވި ކަމެއް އެބައޮތްތޯ ވިދާޅުވެ ސުވާލުކުރައްވާފައެވެ. އަދި ކަމެއް ކޮށް ނުދީ ތިބެގެން ފާޑުފާޑުގެ ވާހަކަ ދެއްކުމުގެ ބޭނުމެއް ނެތްކަމަށް ގާސިމްވަނީ ވިދާޅުވެފައެވެ. "މާ އަޑުގަދަކުރައްވާނެ ކަމެއް ނެތް، ތިޔަބޭފުޅުންނަށް ފެންނަ ގޮތަކަށް ކަންކަން ކޮށްލައްވާ،" ގާސިމް ވިދާޅުވިއެވެ
ކަމެއް ކޮށް ނުދީ ތިބެގެން ފާޑުފާޑުގެ ވާހަކަ ދެއްކުމުގެ ބޭނުމެއް ނެތް:ގާސިމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ