ޑްރަގް ކޯޓު ގާޒީ މުހާޒު އަލީ ޒާހިރުގެ މައްސަލަ ރިވިއުކުރަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފިއެވެ.
ޖޭއެސްސީން ރިވިއުކުރަން ނިންމާފައިވަނީ ގާޒީ މުހާޒުގެ މައްޗަށް 21 އޮކްޓޯބަރު 2015ގައި އެ ކޮމިޝަނުން ނިންމާފައިވާ ނިންމުމެވެ. ގާޒީ މަހާޒުއާ ގުޅޭގޮތުން ސުލޫކީ މައްސަލަ ސާބިތުވާ ކަމަށް އެ ކޮމިޝަނުން އޭރު ނިންމީ އޭނާގެ އަމިއްލަ ބްލޮގްގައި ޝަރުއީ ދާއިރާއާ ބެހޭގޮތުން ލިޔުއްވި ލިޔުމަކާ ގުޅިގެންނެވެ.
ޖޭއެސްސީން މިއަދު ބޭއްވި ބައްދަލުވުމުގައި ވަނީ ގާޒީ މަހާޒުގެ މައްސަލަ ރިވިއުކޮށްދިނުމަށް ހުށަހަޅާފައިވާ ހުށަހެޅުން ބަލައިގަނެ، އެ ނިންމު ރިވިއުކުރުމަށް ފަސް މެމްބަރުންގެ ކޮމިޓީއެއް އެކުލަވާލައިފައެވެ.
މަހާޒުގެ މައްސަލަ ރިވިއުކުރުމަށް އެކުލަވާލި ކޮމިޓީގައި ހިމެނިވަޑައިގަންނަވަނީ ޖޭއެސްސީގެ ނައިބު ރައީސް މަސްތޫރު ހުސްނީއާއި ކޮމިޝަންގެ މެމްބަރު، ރައީސް މުހައްމަދު ނަޝީދާއި މެމްބަރު ހިސާން ހުސައިން އާއި މެމްބަރު ޑރ. އަލީ ޝަމީމް އަދި މެމްބަރު އިބްރާހިމް ރިފްއަތެވެ.
ގާޒީ މަހާޒުގެ މައްސަލަ ރިވިއުކުރަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ