ތިންވަނަ ކުއާޓަރުގައި ދިރާގުގެ އާމްދަނީ އިތުރު ވެއްޖެ
ދިރާގަށް މި އަހަރުގެ ތިންވަނަ ކުއާޓަރުގައި އާމްދަނީގެ ގޮތުގައި 713.6 މިލިއަން ރުފިޔާ ލިބިއްޖެ އެވެ.މިއީ މި އަހަރުގެ ދެވަނަ ކުއާޓަރުގައި ދިރާގަށް ލިބުނު އާމްދަނީއަށްވުރެ އިތުރުވުމެކެވެ. ދެވަނަ ކުއާޓަރުގައި ދިރާގަށް އާމްދަނީގެ ގޮތުގައި ލިބުނީ 696.4 މިލިއަން ރުފިޔާ އެވެ.ދިރާގުން މިއަދު އާންމުކުރި ތިން ވަނަ ކުއާޓަރުގެ ހިސާބުތަކުން އެނގޭ ގޮތުން، މޮބައިލް ހިދުމަތްތަކުން 374.1 މިލިއަން ރުފިޔާ ވަނީ ލިބިފަ އެވެ. އެކަމަކު، އެއާ ޚިލާފަށް ފިކްސްޑް އެންޑް ބްރޯޑްބޭންޑް ހިދުމަތްތަކުން ލިބުނު އާމްދަނީ ވަނީ 303.2 މިލިއަން ރުފިޔާ އެވެ.އެހެނިހެން ޚިދުމަތްތައް ދީގެން ތިން ވަނަ ކުއާޓަރުގައި ދިރާގުން ވަނީ، 36 މިލިއަން ރުފިޔާ ހޯދާފައެވެ. އެހެންކަމުން، ޖުމުލަ މި ކުއާޓަރުގައި ދިރާގަށް ލިބުނު އާމްދަނީ، 713 މިލިއަނަށް ވުރެ، އިތުރެވެ. އެއީ މިދިޔަ އަހަރު ލިބުނު އާމްދަނީ އާ ބަލާއިރު، ތިން އިންސައްތައިގެ ކުރިއެރުމެކެވެ.ޓެކުހަށް ކެނޑުމުގެ ކުރިން މި އަހަރުގެ ތިންވަނަ ކުއާޓަރުގެ ފައިދާއަކީ 268.7 މިލިއަން ރުފިޔާ އެވެ. ޓެކުހަށް ކެނޑުމަށްފަހު މި އަހަރުގެ ތިންވަނަ ކުއާޓަރުގައި ދިރާގަށް ފައިދާގެ ގޮތުގައި 230.2 މިލިއަން ރުފިޔާ ލިބުނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ