ހުމާ ހުރީ ހުސްކޮށެއް ނޫން، އެންގޭޖްވެއްޖެ

ފިލްމު "ގޭންގްސް އޮފް ވަސޭޕޫރް"އިން މަގުބޫލުވި ބޮލީވުޑް ބަތަލާ ހުމާ ގުރައިޝީ ޒަމާންވީ ލޯބިވެރިޔާ ރާޗިތު ސިންގްއާ އެންގޭޖްވެފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ. ހިންދުންސްތާން ޓައިމްސްގައިވާ ރިޕޯޓެއްގައި ބުނެފައިވާ ގޮތުން މިހާތަނަށް ހުމާއާއި ރާޗިތު ވަނީ ދެ މީހުންގެ ލޯބީގެ ގުޅުން އާއްމުންނަށް ސިއްރުކޮށްފައެވެ. އެހެންނަމަވެސް, އެކަން ދެން ސިއްރެއްގެ ގޮތުގައި ނޯންނާނެ ކަމަށާއި ވަރަށް އަވަހަށް ދެ މީހުން ކައިވެނި ކުރަން އުޅޭ ކަމަށް ވެސް ހިންދުންސްތާން ޓައިމްސްއިން ވަނީ ބުނެފައެވެ. ބޮލީވުޑްގެ އެކްޓިންގް ކޯޗެއް ކަމަށްވާ ހުމާ އާއި ރާޗިތު އެންގޭޖްވެފައި ވަނީ މި މަހު ޓޮރޮންޓޯ ފިލްމު ފެސްޓިވަލުގައި ޕްރީމިއާ ކުރި ބަތަލާގެ އާ ފިލްމު "ބަޔާން"ގެ ޕްރިމިއާއަށް ފަހު ކަމަށް ވެސް އެ ނޫހުގައި ވަނީ ބުނެފައެވެ. ހުމާ ލޯބިވެރިޔާ ރާޗިތުގެ އުފަންދުވަހުގެ ހަފްލާގައި--ފޮޓޯ/އިންސްޓަގްރާމް ނަމަވެސް, ހުމައާއި ރާޗިތުއަކީ އަމިއްލަ ޒާތީ ދިރިއުޅުމާ ބެހޭ މައުލޫމާތު އެއްވެސް ވަރަކަށް ސޯޝަލް މީޑިއާގައި ވެސް ހިއްސާކުރާ މީހުންނަށް ނުވުމުން ދެ މީހުންގެ އެންގޭޖްމަންޓާ ބެހޭގޮތުން ވަކި އެއްޗެއް ހާމަކޮށްފައެއް ނުވެއެވެ. ހުމާއާއި ރާޗިތު އެންޖޭޖްވި ކަމަށް މީޑިއާތަކުން ބުނަން ފެށީ ދާދިފަހުން ދެ މީހުން ބައިވެރިވި ލަވަކިޔުންތެރިޔާ އަކާސާ ސިންގްގެ އުފަންދުވަހުގެ ޕާޓީގެ ތެރޭގައި ނަގާފައިވާ ފޮޓޯތަކެއް ސޯޝަލް މީޑިއާގައި ދައުރުވާން ފެށުމުންނެވެ. އަކާސާ ސޯޝަލް މީޑިއާގައި ޕޯސްޓުކުރި ފޮޓޯގައި ހުމާއާއި ރާޗިތުއަށް މަރުހަބާ ކިޔާފައިވާއިރު ހުމާގެ ހުވަފެނީ ދުނިޔެއަށް އިތުރުވި ނަމާ މެދު އުފާވާ ކަމަށް ވަނީ ބުނެފައެވެ. ހަމައެއާއެކު ދާދިފަހުން ހުމާ ވަނީ ރާޗިތުގެ އުފަންދުވަހާ ގުޅިގެން ބޭއްވި ޚާއްސަ ޕާޓީގައި ވެސް ބައިވެރިވެފައެވެ. ރާޗިތުއަކީ ބޮލީވުޑްގެ މަޝްހޫރު ފިލްމީ ތަރިން ކަމަށްވާ އާލިއާ ބަޓް، ރަންވީރު ސިންގް، ވިކީ ކޯޝަލް، ވަރުން ދަވަން، ސައިފް އަލީ ޚާން އަދި އަނުޝްކާ ޝަރުމާ ފަދަ ތަރިންނަށް އެކްޓިންގް ކޯޗިންގް ނަގައިދީފައިވާ މީހެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ