އަބޫ ދާބީ، ޔުނައިޓެޑް އަރަބް އެމިރޭޓްސް (ސެޕްޓެމްބަރު 19) - މިހާރު ކުރިއަށްދާ އޭޝިއާ ކަޕް ކްރިކެޓް މުބާރާތުގައި އިއްޔެ ކުޅުނު މެޗުން އަފްގާނިސްތާންގެ މައްޗަށް ހަ ވިކެޓުން ކުރިހޯދައި ސްރީ ލަންކާ އިން މުބާރާތުގެ ގަދަ ހަތަރު ޓީމު ވާދަކުރާ ސުޕަ 4 ބުރަށް ދަތުރުކޮށްފި އެވެ.
އިއްޔެގެ މެޗަށް ނުކުތްއިރު، ގްރޫޕް ބީން ސުޕަ 4 ގެ ޖާގަތައް އޮތީ ޔަގީންނުވެ އެވެ. އެކަމަކު، އިއްޔެ ނަތީޖާ އަށް ފަހު، ލަންކާ އިން ގްރޫޕްގެ އެއް ވަނަ ހޯދީ ހަ ޕޮއިންޓުންނެވެ. ދެ ވަނައިގައި ނިންމި، ބަންގްލަދޭޝަށް ހަތަރު ޕޮއިންޓް އަދި އަފްގާނިސްތާން ނިންމާލީ ދެ ޕޮއިންޓުގަ އެވެ. މި ގްރޫޕްގެ ތިން މެޗުން ވެސް ހޮންގް ކޮންގް ވީ ބައްޔެވެ.
އަބޫ ދާބީގެ ޝެއިހު ޒައިދު ސްޓޭޑިއަމްގައި ކުޅުނު މެޗުގައި ޓޮސް ދިމާވުމުން، އަފްގާނިސްތާނުން އެރީ ކުޅޭށެވެ. އެ ޓީމަށް 20 އޯވަރުގެ ތެރޭގައި، އަށް ކުޅުންތެރިން ނުބައިވެގެން ހެދުނީ، 169 ލަނޑެވެ. އެންމެ ރަނގަޅަށް ކުޅުނު މުހައްމަދު ނާބީ، ނުބައިނުވެ، 22 ބޯޅައިން 60 ލަނޑު ހެދި އެވެ. މި އިނިންްގްސްގައި، ލަންކާގެ ނުވާން ތުޝާރާ ވަނީ، ހަތަރު އޯވަރަށް ހަތަރު ވިކެޓް ނަގައިފަ އެވެ.
ހަ ފަހަރު އޭޝިއާ ކަޕްގެ ތަށި ހޯދާފައިވާ ލަންކާ އިން ޖަވާބުގައި ކުޅެން އަރައި، 18.4 އޯވަރުގެ ތެރޭގައި ނަތީޖާ އަބުރާލީ، ހަަތަރު ކުޅުންތެރިން ނުބައިވިއިރު، 171 ލަނޑު ހަދައިގެންނެވެ. އެންމެ ގިނަ ލަނޑު އެއްކުރީ، ނުބައިނުވެ 52 ބޯޅައިން 74 ލަނޑު ހެދި ކުސާލް މެންޑިސް އެވެ.
ސުޕަ 4ގެ ބުރުގައި، ލަންކާ އާއި ބަންގްލަދޭޝްގެ އިތުރުން ދެން ކުޅޭނީ، އެންމެ ފަހުގެ ޗެމްޕިއަން، އިންޑިއާ އާއި ޕާކިސްތާން އެވެ. ގްރޫޕް ސްޓޭޖު ބުުރުގެ ފަހު މެޗުގައި، އިންޑިއާ އިން މިއަދު އޮމާނާ ކުޅޭނެ އެވެ.
އަފްގާނިސްތާން ކަޓުވާލައި ލަންކާ އިން އޭޝިއާ ކަޕް ސުޕަ4 ގެ ބުރަށް އަފްގާނިސްތާން ކަޓުވާލައި ލަންކާ އިން އޭޝިއާ ކަޕް ސުޕަ4 ގެ ބުރަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ