ބިދޭސީން ދިރިއުޅޭ ތަނަކުން ވަގަށް ނެގި 20،000 ޑޮލަރު ހޯދައި ހަވާލުކޮށްފި
ބިދޭސީއެއްގެ އަތުން ވަގަށް ނެގި 20،000 ޑޮލަރު، ފޮރުވާފައި ހުއްޓާ ހޯދައި ވެރިފަރާތަށް ރައްދު ކޮށްދީފި އެވެ.ފުލުހުން މިއަދު ބުނި ގޮތުގައި، މިތަކެތި ވަގަށް ނަގާފައިވަނީ މިދިޔަ ހުކުރު ދުވަހުގެ ދަންވަރު 2:40 ހާއިރު ހުޅުމާލެ ތިންވަނަ ފިޔަވަހީގައި ބިދޭސީން ދިރިއުޅޭ ތަނަކުންނެވެ.ފުލުހުން ބުނި ގޮތުގައި، ވަގަށް ނެގީ، 20،000 ޑޮލަރު ލާފައިވާ ދަބަހެއްގެ އިތުރުން އެ ސައިޓުގައި ހުރި އެހެން ބައެއް ތަކެއްޗެވެ. މި މައުލޫމާތު ލިބުމުން ފުލުހުން އެ ސަރަހައްދު ބަލައި ފާސްކުރަމުން ދިޔައިރު 20،000 ޑޮލަރާ އެކު އެ ދަބަހާއި ވޮލެޓުތަކަކާއި އެހެނިހެން ތަކެތި ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ. އެ ތަކެތި ފެނުނީ ގަސްތަކެއްގެ ތެރޭގައި ފޮރުވާފައި ހުއްޓައެވެ. މި ތަކެތި މިހާރު ވެރިފަރާތާ ހަވާލުކޮށްފައިވާ ކަމަށް ފުލުހުން ބުނެ އެވެ.މި މައްސަލައާ ގުޅިގެން މީހަކު ހައްޔަރުކޮށްފައެއް ނުވެ އެވެ. ފުލުހުން ގެންދަނީ އެ މައްސަލަ ތަހުގީގު ކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ