ލާމަރުކަޒީ ގާނޫނުގެ ދަށުން ކައުންސިލްތަކަށް ސަރުކާރުން ދޭ އާންމު ހިލޭ އެހީގެ ގޮތުގައި ފައިސާ ދޭނެ މިންވަރު ކަނޑައެޅުމުގައި އާބާދީއަށް ބެލުމުގެ ބަދަލުގައި ރަށުގެ ބޮޑުމިނަށް ބަލާ ގޮތަށް އުސޫލު ބަދަލުކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވައި އެކަން އިއުލާން ކުރައްވައިފިއެވެ.
ސޯޝަލް މީޑީއާގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ 79 ވަނަ މާއްދާގެ ދަށުން ކައުންސިލްތަކަށް ސަރުކާރުން ދޭ ޢާންމު ހިލޭ އެހީގެ ފައިސާ ނުވަތަ ބްލޮކް ގްރާންޓް ފޯރުކޮށްދިނުމަށްޓަކައި ކަނޑައަޅާފައިވާ ފިސްކަލް ފޯރމިއުލާގައިވާ ގޮތުން އާބާދީ ކުޑަ ރަށްތަކަށް ލިބޭމިންވަރު މަދުކަމަށެވެ. އާބާދީ ކުޑަ ނަމަވެސް، ބިމުގެ ގޮތުން ތަނަވަސް ރަށްތަކުގައި މުނިސިޕަލް މަސައްކަތް ކުންރަންޖެހޭ މިންވަރު މަދު ނޫންކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ދައުލަތުގެ އަންނަ އަހަރުގެ ބަޖެޓު ރައްޔިތުންގެ މަޖިލިހަށް ހުށަހަޅާނީ ކައުންސިލްތަކަށް ބްލޮކް ގްރާންޓު ދޫކުރާ އުސޫލަށް ގެންނަ ބަދަލާ އެކު ކަމަށެވެ. އެ މަނިކުފާނު ވިދާޅުވި ގޮތުގައި ކައުންސިލްތަކަށް ފައިސާ ދިނުމުގައި ރަށުގެ ބޮޑުމިނަށް ރިއާޔަތްކުރާ ގޮތަށް ހަމަޖައްސަނީ އާބާދީ މަދު ނަމަވެސް ރަށް ބޮޑު ނަމަ މުނިސިފަލް ހިދުމަތްތައް މަދު ނޫން ވީމާ ކަމަށެވެ.
ރަށްރަށުގެ އެކި ކަންކަމަށް ހަރަދު ކުރުމަށް ބްލޮކް ގްރާންޓުގެ ގޮތުގައި ކައުންސިލްތަކަށް ސަރުކާރުން މިދިޔަ އަހަރު ޖުމުލަ 2.2 ބިލިއަން ރުފިޔާ ދޫކުރިއިރު، އެ އަހަރު ނިމުނުއިރު އެއްވެސް ހަރަދެއް ނުކޮށް 1.4 ބިލިއަން ރުފިޔާ ބަހައްޓާފައި ހުރި ކަމަށް ރައީސް ވަނީ މިދިޔަ މަހު ވިދާޅުވެފަ އެވެ.
އެ މަނިކުފާނު ވިދާޅުވިގޮތުގައި ބްލޮކް ގްރާންޓުގެ ގޮތުގައި ސަރުކާރުން ކައުންސިލްތަކަށް ފައިސާ ދޫކުރަނީ ވީ އެންމެ ފެންވަރު ރަނގަޅަކަށް އެ ރަށެއްގައި މަސަައްކަތް ކުރަން ކަމަށް ވިޔަސް އަހަރު ނިމުނުއިރު ދެބައިކުޅަ އެއްބައި ބާކީ ކުރުމުން ކަންކަން ނުކުރެވޭ ކަމަށެވެ.
ބްލޮކް ގްރާންޓަކީ ކައުންސިލްތަކުން ރަށްރަށުގެ ކުރިއެރުމަށް ކުރަން ބޭނުންވާ މަސައްކަތްތައް ކުރިއަށްގެންދިއުމަށް ކައުންސިލްތަކަށް ސަރުކާރުން ކަނޑައަޅާ ބަޖެޓެވެ.
ރަށްރަށުގެ މުނިސިޕަލް ޚިދުމަތްތައް ނުވަތަ ރަށް ސާފުކޮށް ބެލެހެއްޓުމާއި އާބާތުރަ ފިލުވުމާ ގުޅޭ މަސައްކަތްތައް ކުރަނީވެސް މި ގްރާންޓްގެ ދަށުންނެވެ.
އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީތަކުގެ ބަޖެޓު ދެގުނަ ބޮޑުކުރުމަށް ރައީސް ނިންމަވައިފި މާލީ ބަޔާންތަކުގެ ހަބަރުތަކާއެކު، މެންބަރު ނިޒާރު ގޮވާލީ މީޑިއާ ބިލު އަވަހަށް ފާސްކުރުމަށް! ތިނަދޫގައި އިމާރާތް ކުރަމުންދާ 200 ރޯ ހައުސްއަށް ކުރިމަތިލުމުގ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ