ގިނަވަމުން މިދަނީ އެންމެ ބޮޑަށް ސަމާލުކަންދޭންޖެހޭ އެސްފީނާއަށް ސަމާލުކަން ނުދެވޭ މީހުން! އެމީހުންނަކީ ސުވަރުގެ ވައްދަވާނެ ބައެއް ނޫންކަން އެނގެން އެބައޮތް!

ގިނައިން ދެކެވެނީ އެހެން މީހުންގެ އެސްފީނާ ތިމާއަށް ޖެހޭ ކަމުގެ ވާހަކައެވެ. ގިނަ ބައަކު އެންމެ ބޮޑަށް ބިރުގަންނަނީވެސް އެހެން މީހުންގެ އެސްފީނާ ޖެހިދާނެތީއެވެ. ބިރުގަންނަންވީ ހަމައެކަނި އެހެން މީހުންގެ އެސްފީނާއަކަށް ނޫނެވެ. ތިމާގެ އަމިއްލަ އެސްފީނާވެސް ތިމާއަށް ޖެހެއެވެ. 
ތިމާގެ އަމިއްލަ އެސްފީނާ ތިމާއަށް ޖެހުމަކީ ކޮބައިކަން އެނގޭހެއްޔެވެ؟ އެއީ ތިމާއަށް ﷲ ތަޢާލާ ތަނަވަސްކަން، ރީތި ބައިވެރިއެއް، ގިނަ މުދާ، ދަރިން، މަތީ މަޤާމް ދެއްވެވުން ފަދަ ނިޢްމަތްތައް މިންވަރުކުރެއްވެވުމުން އެކަމަށް ބޮޑާވެ އެ ނިޢްމަތްތައް ދެއްވެވީ ﷲ ތަޢާލާކަނ ހަނދުމަ ނައްތައިލުމެވެ. އެހާލަތުގައި އެމީހަކަށް އެހުރެވެނީ އަމިއްލައަށް އެސްފީނާ ޖެހެވިގެންނެވެ. އަދި މިއީ އެންމެ ނުރައްކާތެރިކަން ބޮޑު އެސްފީނާއެވެ. އެހެނީ ބޮޑާކަމާ ކިބުރުވެރިކަމަކީ ސުވަރުގެ ނުވައްދަވާނެ ސިފަތައް ކަމުގައިވާތީއެވެ.  
މީސްތަކުންނޭވެ! ސިހުރާއި އެސްފީނާ އާއި ޝައިޠޯނާގެ ވަސްވާސްތަކާއި އެންމެހައި ނުބައިކަންކަމުން ސަލާމަތްކުރައްވަވައި ދެއްވެވުން އެދި ހެނދުނާއި ހަވީރު، އިޚްލާޞް، އަލްފަލަޤް އަދި އައްނާސް ސޫރަތް ކިޔަވަން ސުންނަތުގައި އެބައޮތެވެ. ކޮންމެ ސޫރަތެއް 3 ފަހަރު ކިޔަވައި އެންމެހައި ނުބައި ކަންކަމުން ރައްކައުތެރިކަން ލިބިގަނެގެން ހުންނާށެވެ! 
 
- މުފްތީ މެންކްގެ ދަރުސަކުން
 
 
 
5
The Prophet (ﷺ) said :
لاَ يَدْخُلُ النَّارَ أَحَدٌ فِي قَلْبِهِ مِثْقَالُ حَبَّةِ خَرْدَلٍ مِنْ إِيمَانٍ وَلاَ يَدْخُلُ الْجَنَّةَ أَحَدٌ فِي قَلْبِهِ مِثْقَالُ حَبَّةِ خَرْدَلٍ مِنْ كِبْرِيَاءَ ‏‏.‏
 
Translation :
None shall enter the Fire (of Hell) who has in his heart the weight of a mustard seed of Iman and none shall enter Paradise who has in his heart the weight of a mustard seed of pride.
 
(Sahih Muslim : 91)
 
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ