މޯލްޑިވިއަން އެޑިއުކޭޝަނަލް އެންޑް ކަލްޗަރަލް ސެންޓަރު (އެމްއީސީސީ) އިން ބާއްވާ ކޮޅުނބު ފުޓްސަލް ކަޕްގެ މި އަހަރުގެ މުބާރާތުގެ ފުރަތަަމަ ދުވަހުގެ މެޗުތައް ނިމި ކުއާޓާ ފައިނަލުގައި ވާދަކުރާ އަށް ޓީމެއް ކަށަަވަރުވެއްޖެ އެވެ.
މިދިޔަ އަަހަރުގެ މުބާރާތުގައި ޖުމްލަ އެކު އަށް ޓީމެއް ވާދަކުރިއިރު، މުބާރާތް ކުރިއަށްދިޔައީ ފިއެސްޓާ އުސޫލުން ވަން ޑޭ ކަޕެއް ގޮތަށެވެ. އެހެން ނަަމަވެސް މި ފަހަރުގެ މުބާރާތުގެ ފޯމެޓަށް ބަދަލު ގެނެސް ދެ ދުވަހުގެ މުބާރާތެއް ގޮތަށް ކުރިއަށްގެންދާއިރު، ޖުމްލަ 12 ޓީމެއް ވާދަކުރާނެ އެެވެ. އެއީ، ތިން ޓީމު ގްރޫޕެއްގައި ހިމެނޭ ގޮތަށް ހަތަރު ގްރޫޕަކަށް ބަހާލައިގެންނެވެ. ފުރަތަމަ ދުވަހު ތިން ސެޝަނަކަށް ބަހާލައިގެން، ގްރޫޕް ސްޓޭޖުގެ 12 މެޗު ވަނީ ކުޅެ ނިމިފަ އެވެ.
އެ ގޮތުން، ފުރަތަމަ ކުއާޓާ ފައިނަލުގައި ވާދަކުރާނީ، މެޖިސްޓާ އެފްސީ އާއި ސައުދީ ޓީމެވެ. ދެ ވަނަ ކުއާޓާ ފައިނަލުގައި ރެޑް ޑެވިލްސް އާއި ޓީމު ލީބިޔާ ކުޅޭއިރު، ތިން ވަނަ ކުއާޓާ ފައިނަލުގައި ޖޭޖޭ ސްޕޯޓްސް ކްލަބުން ނުކުންނާނީ ކްލައުންސް އެފްސީއާ ދެކޮޅަށެވެ. އަދި، ކުއާޓާ ފައިނަލުގެ ފަހު މެޗުގައި ޓީމު އެލްކޮމް ކުޅޭނީ މައެސްޓްރޯ އެފްސީއާ އެވެ.
ކުޅުނު ދެ މެޗުން ވެސް މޮޅުވެގެން ކުއާޓާ އަށް އައީ މެޖިސްޓާ، ރެޑް ޑެވިލްސް، ޖޭޖޭ އަދި ޓީމު އެލްކޮމް އެވެ.
މުބާރާތުގައި މިއަދު ކުރިއަށްދާނީ ކުއާޓާ ފައިނަލް މެޗުތަކާއި ސެމީ ފައިނަލްގެ އިތުރުން ފައިނަލް މެޗެވެ. މެޗުތައް ކުޅެނީ ސޯސަން ވިލާ ފުޓްސަލް ދަނޑުގަ އެވެ.
މުބާރާތުގެ މެއިން ސްޕޮންސަރަކަށް 3އެޗްލޮޖިސްޓިކްސް އިން ހަރަކާތްތެރިވާއިރު، މީޑިއާ ޕާޓްނަރަކީ އަދަދު ސްޕޯޓްސް އެވެ. ކޯ ސްޕޮންސަރުންގެ ގޮތުގައި، އޮބިއޮން، އެސްޕަޔާ ސްޕޯޓްސް، ޖޮޒްޓީ، އައިލެންޑް ޕާފިއުމް، ކެފޭ ޑި މާލެ، ސްވިފްޓް ލޮޖިސްޓިކްސް، ގުރުވާ ރެސްޓޯރަންޓް، ބޮޑީ ޓޯން ފިޓްނަސް އަދި އައިންޓްޒް ކިޗަން ހަރަކާތްތެރިވާނެ އެވެ.
ކޮޅުނބު ފުޓްސަލް ކަޕް: ކުއާޓާ ފައިނަލް ޓީމުތައް ކަށަވަރުވެއްޖެ ކޮޅުނބު ފުޓްސަލް ކަޕް: ކުއާޓާ ފައިނަލް ޓީމުތައް ކަށަވަރުވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ