ނުރަކޫރު މޮހަނދު ބުނާ ގޮތުން އޭނާ ވެރިކަން ކުރަނީ ބަފާ ލިޔުނު ފޮތުގައި އޮތް ގޮތަށެވެ. މޮހަނދުގެ ބަފާކަމަށް އެބުނާ ވަށަފަރު އަބްދުއްރަހުމާނު ގޯތި ހުސައިން ލިޔެ ޝާއިއު ކޮށްފައިވާ އެއްވެސް ފޮތަކުން މޮހަނދު ކުރާ ޒާތަށް ވެރިކަމެއް ކުރަން ދީފައި އޮތް އިރުޝާދެއް ދުށް މީހަކު ނޫޅެއެވެ
ނުރަކޫރު މޮހަނދު އެބުނާ ބަފާގެ ފޮތަކީ މޮހަނދު ނޫން މީހަކާ ހިއްސާ ނުކުރާ ފޮތަކީ ތާއެވެ. ލިޔެ ޗާޕްކޮށް ޝާއިއުކޮށްފައ ނެރުނު ފޮތެއްގައި ނެތަސް ނުރަކޫރު މޮހަނދު ވެރިކަންކުރާ ގޮތުން ބަފާ ފޮތުގައި ނުލިޔެ މޮހަނދަށް ލާދީފައި އޮތް ބައެއް އޮތިތާއެވެ. ނުރަކޫރު މޮހަނދުގެ ބަފާގެ ފޮތުގައި ނުލިޔެ އޮތްބައި މޮހަނދު ނިކަން ރަގަޅަށް ހަދާން ހުންނަނީތާއެވެ.
ނުރަކޫރު މޮހިނދުގެ ބަފާ ފޮތުގައި ނުލިޔާ ބައިގައި އޮތްގޮތުން ބަޔަކުގެ މައްޗަށް ވެރިކަމެއް ކުރަން މޮހަނދަށް ލިބިއްޖެއްޔާ އެ ބައެއްގެ މާއްދީ ކަންކަމާއި މަދަނީ ކަންކަމާއި ދުނިޔަވީ ބޭނުންތައް ފުއްދައި ދެވޭނެ ގޮތެއް ނެތި އަދި ނޭގި ހުންނަން ޖެހުނަސް ވަރިހަމައެވެ. އެ މިހުންގެ ހަޒާނާއިން ނެގުނު އެއްޗެކާއި އެއްޗެއް ނެގެން ނެތިއްޔާ ދަރަންޏަށް ނަގައިގެން ވެސް އެ މީހުން ދިރިއުޅޭހާ ރަށަކަށް އެ މީހުންގެ ގާތަށް ދާންވާނެ ކަމަށް ބުނެފައި އޮތީތާއެވެ.
ނުރަކޫރު މޮހިނދު ދާންވާއިރަށް މީހުން އެއްކުރުވާ ސަފުހައްދާ އެ މީހުންނާއި ސަލާންކޮށް އެ މީހުންނާއެކު ޖަލްސާ ބާއްވަންވާނެ ކަމަށް ގަދައަޑުން ބަފާ ބުނެފައި އޮތިތާއެވެ. ބަފާ ނުލިޔާ ބައިގާ ބުނެފައި އޮތްގޮތަށް ޖަލްސާގައި ނުފުއްދޭނެހާ ބޮޑެތި ވައުދު ވާންވާނެއެވެ. ވާހާ ވައުދު ތަކަކީ ނުފުއްދޭނެ ވައުދުތަކެއް ކަން އެ މީހުންނަށް ވެސް އެނގެން ވާނެކަމަށް ބަފާ ބުނެފައި އޮންނަނީތާއެވެ. ވާވައުދު ހުންނަން ވާނީ ނުފުއްދޭނެހެން މަތިމައްޗަށް ވޭވޭ ހުންނަހެނެވެ.
އާނއެކެވެ. ބޮޑެތި ދޮގު ވައުދު ނުވެއްޖެނަމަ ދުނިޔޭގައި އެ މީހުން އެ ތެޅޭ ތެޅުން ތެޅިތެޅި ތިބުމާއި މެދު އެ މީހުންގެ އޮންނަ އުންމީދު ކެނޑި، ބުރިވެދާނެއެވެ. ދިރިތިބުމާއި މެދު ބަޔަކު މީހުންގެ އޮންނަ އުންމީދު ފުނޑުފުނޑު ވިޔަދީގެން ނުވާނެތާއެވެ.
ނުރަކޫރު މުހަނދު ބައި ހަރަމަށް ހަރަމް ބަދެގެން ބޮޑު ދިދަ އާއި ވާހަކަ ދައްކާ ފެންނެތް ބޮޑެތި ކާށި ބިންނަތާ ދެ އަހަރު ވަނީއެވެ. ހުސް ގޮނޑިއާއި ބަޅުރުކު ތައްޕާހުން ވެރިކަމެއް ހޯދައިގެން ކުރަގަނޑުން ދީން ވިއްކައިގެން ބޮލުރޮދި ކެނޑިގެން ބޮލާއަޅާ ރާރާ ގުޑިއެއްހެން ލާހޫރެނީ ބަފާ ނުލިޔެ އޮތް ބައިން ލިބުނު ފިލާވަޅުން ރޯނުއެދުރު ވުމުންނެވެ.
ވެރިކަން ކުރަން ބަފާގެ ފޮތުގައި ނުލިޔެ އޮތްބައި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ