ވަރލްޑްކަޕް ކޮލިފައިންގައި މިރޭ އިސްރާއީލާ ނޯވޭ ބައްދަލުކުރިމެޗް ފަސޭހަކަމާއެކު ނޯވޭ ކާމިޔާބުކޮށްފިއެވެ.
ނޯވޭގެ އޮސްލޯގައި ކުޅުނު މިމެޗް، އިސްރާއީލްގެ މައްޗަށް ނޯވޭ ކުރިހޯދީ 0-5 ގެ ނަތީޖާ އަކުންނެވެ. މިރޭގެ މެޗްގެ ތަރިއަކަށްވީ މެންޗެސްޓަރ ސިޓީގެ ފޯވަޑް އާލިން ހާލާންޑެވެ. މެޗްގައި އޭނާ ވަނީ ތިން ލަނޑުޖަހައި ހެޓްރިކް ހަދާފައެވެ. މީގެ އިތުރުން ހާލާންޑް ވަނީ މެޗްގައި މޮޅު ކުޅުމެއް ދައްކާފައެވެ.
މެޗް ފަށައިގެން ހަވަނަ މިނެޓް ތެރޭގައި ލިބުނު ޕެނަލްޓީއާއެކު ހާލާންޑަށް ވަނީ ލަނޑު ޖަހާނެ ރަނުގެ ފުރުސަތެއް ލިބިފައެވެ. ނަމަވެސް އޭނާއަށް އެ ޕެނަލްޓީ ކާމިޔާބު ކުރެވިފައެއް ނުވެއެވެ. މެޗްގައި ފެނިގެންދިޔަ ފުރަތަމަ ގޯލަކީ އިސްރާއީލްގެ ހަލައިލީ އަތުން ބައިކޮޅަށް ވަތް ގޯލެކެވެ. މެޗްގައި ހާލާންޑްގެ ފުރަތަމަ ގޯލް ފެނިގެންގޮސްފައިވަނީ، 27 ވަނަ މިނެޓް ތެރޭގައެވެ. އެއަށްފަހު ހާލާންޑްގެ ލަނޑުތައް ފެނިެގން ގޮސްފައިވަނީ 63 ވަނަ މިނެޓާއި 72 ވަނަ މިނެޓްތެރޭގައެވެ. މިމެޗްގައި ފެނިގެންދިޔަ ތިންވަނަ ލަނޑަކީވެސް އިސްރާއީލް ކުޅުންތެރިއެއްގެ އަތުން ބައިކޮޅަށްވަތް ލަނޑެކެވެ.
މިމެޗުން ނޯވޭއަށް ލިބުނު މޮޅާއެކު އެޓީމުން ވަނީ ވަރލްޑްކަޕަށް ކޮލިފައިވުމުގެ އުއްމީދު ބޮޑުކޮށްފައެވެ. މެޗުން ބަލިވުމުން އިސްރާއީލަށް ވަނީ އަމިއްލަ ބާރުގައި ވަރލްޑް ކަޕަށް ކޮލިފައިވުމުގެ ދޮރު ބަންދުވެފައެވެ.
ރޭގެ މެޗްގައި ހާލާންޑް ޖެހި ތިން ލަނޑާއެކު އޭނާ ވަނީ ޤައުމީޓީމަށް މިހާތަނަށް ކުޅުނު 46 މެޗްގައި 51 ގޯލް ކާމިޔާބުކޮށްފައެވެ.
ބައިކޮޅަށް ޖެހި ދެ ގޯލާއެކު އިސްރާއީލްގެ އުއްމީދުތައް ފެނަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ