ތިލައުތުރު ފުޓްސަލް މުބާރާތް: ނާއިޝްގެ ހިތްގައިމު ލަނޑުތަކާއެކު ފިއްލަދޫ ބަލިކޮށް އިހަވަންދޫ ސެމީ އަށް

ހއ. އަތޮޅު ކައުންސިލުން އިންތިޒާމްކޮށްގެން އެ އަތޮޅުގެ ރަށްތަކަށް ހުޅުވާލައިގެން ކުރިއަށްގެންދާ "ތިލައުތުރު ފުޓްސަލް މުބާރާތް 2025"ގެ ސެމީގެ ޖާގައެއް ފަހުގެ ޗެމްޕިއަން އިހަވަންދޫ އިން ކަށަވަރުކޮށްފިއެވެ.
އިހަވަންދޫ ސެމީގެ ޖާގައެއް ކަށަވަރުކުރީ ރޭ 20:30 ގައި އުތީމު ރަސްމީ ބޯޅަދަނޑުގައި ކުޅުނު މެޗުގައި ފިއްލަދޫ 5-0 އިން ބަލިކޮށްގެންނެވެ.
މި މެޗުގެ ފުރަތަމަ ހާފުގައި އިހަވަންދޫ އަށް ލީޑު ނަގައިދިނީ މެޗުގައި ހިތްގައިމު ލަނޑުތަކެއް ޖަހައިދިން އިހަވަންދޫ ޓީމުގެ ޖާޒީ ނަންބަރު 7 ޢަލީ ނާއިޝްއެވެ. ފުރަތަމަ ހާފު ނިމުނީ 1-0 އިން އިހަވަންދޫ ކުރީގައި އޮވެގެންނެވެ. މިހާފުގައި ދެ ޓީމުގެ ފަރާތުން ފެނުނީ ދާދި ހަމަހަމަ ކުޅުމެކެވެ.
ދެވަނަ ހާފުގައި ތިލައުތުރު ފުޓްސަލް މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަން ވަނީ އެ ޓީމުގެ ފެންވަރު ދައްކާލައި އިތުރު ހަތަރު ލަނޑު ޖަހާފައެވެ. މީގެ ތެރެއިން ތިން ލަނޑު ޖަހައިދިނީ މެޗުގައި ހިތްގައިމު ލަނޑުތައް ޖަހައިދިން ޢަލީ ނާއިޝްއެވެ. އިހަވަންދޫގެ އަނެއް ލަނޑު ޖަހައިދިނީ ޖާޒީ ނަންބަރު 16 އިބްރާހިމް ހާމިދު އެވެ.
މި މެޗުގައި ނާއީޝް ހަތަރު ލަނޑު ޖަހައިދިނުމުން އޭނާ ވެފައި ވަނީ މި މުބާރާތުގެ މެޗެއްގައި އެންމެ ގިނަ ލަނޑުޖެހި ކުޅުންތެރިޔާ އަށެވެ. މި މެޗުގެ މޮޅު ކުޅުންތެެރިޔަކަށް ހޮވުނީ ވެސް ނާއިޝް އެވެ.
މި މުބާރާތުގެ ދެ މެޗެއް މިއަދު ވެސް ކުޅޭނެއެވެ. މިއަދު ހަވީރު 16:30 ގައި ފަށާމެޗުގައި ކުޅޭނީ ވަށަފަރާއި ހޯރަފުއްޓެެވެ. އަދި ރޭގަނޑު 20:30 ގައި ފަށާ މެޗުގައި ކުޅޭނީ އުތީމާއި ފިއްލަދޫ އެވެ.
ދެ ގްރޫޕަކަށް ބަހާލައިގެން ކުޅޭ މި މުބާރާތުގެ ގްރޫޕް އޭ ގައި ހިމެނޭ ޓީމު ތަކަކީ އިހަވަންދޫ، އުތީމު، ވަށަފަރު، ފިއްލަދޫ އަދި ހޯރަފުއްޓެވެ. ގްރޫޕް ގައި ހިމެނެނީ ދިއްދޫ، މުރައިދޫ، ބާރަށް އަދި ކެލައެވެ.
މި މުބާރާތުގައި ހއ.އަތޮޅުން މި އަހަރު ބައިވެރި ނުވަނީ މޮޅަދޫ، ތުރާކުނު، އުލިގަމު، ތަކަންދޫ އަދި މާރަންދޫ އެވެ.
Thiladhun © 2019 – 2025| Made with in #Thiladhunmathi
Thiladhun © 2019 – 2025
Made with ❤️ in #Thiladhunmathi
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ