ލަންޑަން (ނޮވެމްބަރު 8) - ޗެލްސީގެ ޓީމު ނެގުމާ ގުޅޭ ގޮތުން، ޓީވީ އެނަލިސްޓަކަށް ހުރެ، މެންޗެސްޓާ ޔުނައިޓެޑްގެ ކުރީގެ ފޯވާޑް، ވޭން ރޫނީ ދެއްކި ވާހަކަތަކަށް ޗެލްސީގެ ކޯޗު އެންޒޯ މަރެސްކާ ރައްދުދީފި އެވެ.
މި ހަފްތާގެ ޗެމްޕިއަންސް ލީގުގެ މެޗުގައި، އަޒަރުބައިޖާންގެ ގަރަބަގް އެފްކޭއާ ކުޅެގެން ޗެލްސީ ބަލިނުވެ ސަލާމަތްވީ ކިރިޔާ އެވެ. އެ މެޗު ނިމުނީ 2-2 އިން އެއްވަރުވެގެންނެވެ. އެ މެޗަށް ފަހު، ޓީވީ ޝޯގައި ރޫނީ ބުނީ، ޗެލްސީގެ ސީނިއާ ކުޅުންތެރިންނަށް އެ ޓީމުގެ ކޯޗު މަރެސްކާ ޓީމު ނެގިގޮތާ މެދު ސުވާލުކުރެެވެން ވާނެ ކަމަށެވެ.
ގަރަބަގް މެޗަކީ ޗެލްސީން ޖެހިޖެހިގެން ހަތް ބަދަލުކޮށްގެން ފުރަތަމަ އެގާރަ ނެރުނު ފަސް ވަނަ މެޗެވެ. މަރެސްކާ ބުނީ ޗެލްސީގައި ސްކޮޑުގެ ވަރުގަދަކަން އޮތްގޮތުން، އޭނާ އަށް ޓީމަށް އެހާ ގިނަ ބަދަލު ގެނެސްގެން ވެސް ކުޅެވުމުގެ ފުރުސަތު އެބައޮތް ކަމަށެވެ.
"އަހަރެމެން ދިރިއުޅޭ މި ޒަމާނަކީ ކޮންމެ މީހަކަށް ކޮންމެ މީހެއް ބޭނުން އެއްޗެއް ކީދާނެ ޒަމާނެއްގައި،" ރޫނީގެ އެ ވާހަކަތަކަށް ދިން ރައްދެއްގެ ގޮތުގައި މަރެސްކާ ބުންޏެވެ.
"އަހަރެން މި ކްލަބަށް އައި ދުވަހުން ފެށިގެން މެޗުތަކުގައި ކުޅުންތެރިން މި ގޮތަށް ބަދަލުކުރަމުން މި ދަނީ، މެޗުތަކުން މޮޅުވަންޏާ އެއްވެސް މީހަކު އެއްވެސް އެއްޗެއް ނުބުނޭ. އެކަމަކު، މޮޅުނުވަންޏާ ވަރަށް ގިނަ ވާހަކަ ލިބޭ ދައްކަން،"
މަރެސްކާ ބުނީ ފުޓްބޯޅަ ސީޒަނަކީ މިހާރު މެރަތަން އެއް ކަމަށާއި 65 މެޗު ކުޅެން ޖެހޭ ސީޒަނެއްގައި ކުޅުންތެރިން ފިޓްކޮށް ބަހައްޓައިގެން ބޮޑު ސްކޮޑެއް ފޯމުގައި ކުރިއަށްގެންދެވޭނީ ޓީމަށް ބަދަލުތަކެއް ގެނެސްގެން މެޗުތަކުގައި ކުޅުވައިގެން ކަމަށެވެ.
ދާދި ފަހުން، ރޫނީ ދެއްކި ވާހަކަ އަކަށް ލިވަޕޫލްގެ ކެޕްޓަން ވާޖިލް ވެން ޑައިކް ވެސް ވަނީ ޓީވީގައި ރައްދުދީފަ އެވެ. ލިވަޕޫލްގެ ފޯމު ދަށްވުމުގެ އެއް ސަބަބަކީ، މިދިޔަ ސީޒަނަށް ފަހު، ވެން ޑައިކް އާ ކޮންޓްރެކްޓެއްގައި އެ ކްލަބާ އެކު ސޮއިކުރުމަށް ފަހު، ފަރުވާކުޑަކޮށް ކުޅެން ފެށުން ކަހަލަ ގޮތަކަށް ދޭހަވާ މޭރުމަކުން ރޫނީ ވާހަކަ ދެއްކި އެވެ. އެ ދެއްކި ވާހަކަ އަށް ވެން ޑައިކް ވަނީ ރެއާލް މެޑްރިޑް އަތުން ޗެމްޕިއަންސް ލީގުގައި ލިވަޕޫލް މޮޅުވި މެޗަށް ފަހު، ރޫނީ ގާތުގައި ހުރެ ޖަވާބު ދީފަ އެވެ.
ރޫނީ އަށް މަރެސްކާ ރައްދުދީފި ރޫނީ އަށް މަރެސްކާ ރައްދުދީފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ