ފިކުރީ މުދަލުގެ ޙައްޤުތައް ރައްކާތެރިކޮށްދޭ އޮފީހެއް އަންނަ އަހަރު އުފެއްދޭނެ ކަމުގައި އިޤުތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު، މުޙައްމަދު ސަޢީދު ވިދާޅުވެއްޖެ އެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ސައީދު ވިދާޅުވީ ޓްރޭޑްމާކުބިލް ޤާނޫނަކަށް ވުމާއެކު، ޕޭޓަންޓާއިބެހޭ ބިލެއް އެކުލަވައިލުމުގެ މަސައްކަތްވެސް ވޯލްޑް އިންޓަލެކްޓުއަލް ޕްރޮޕަޓީގެ އެކްސްޕާޓުންގެ އެހީގައި ކުރަމުންދާ ކަމަށާއި، އަންނަ އަހަރު ރާއްޖޭގައި މުޅީން އަލަށް އިންޓަލެކްޓުއަލް ޕްރޮޕަޓީއޮފީހެއް (ފިކުރީ މުދަލުގެ ޙައްޤުތައް ރައްކާތެރިކޮށްދޭ އޮފީހެއް) އުފެއްދޭނެ ކަމަށެވެ.
"ކޮޕީރައިޓް ޤާނޫނަށް އަޅުގަނޑުމެން ވާނީ ޒަމާނާ ގުޅޭ އަދި އުފެއްދުންތެރީންނާއި ފަންނުވެރީންގެ ބުރަ މަސައްކަތާއި ޙައްޤުތައް ޙިމާޔަތްކޮށްދޭނެ ބޮޑެތި އިސްލާޙުތަކެއް ގެނެސްދީފައި. ބާން ކޮންވެންޝަނުގައިވެސް މިހާރު ދިވެހިރާއްޖެވާނީ ބައިވެރިވެފައި. މިއީ ކުޑަދުވަސްކޮޅެއްގެ ތެރޭގައި ކުރެވުނު މުހިންމު ގިނަ މަސައްކަތްތަކެއް"، ސައީދު ވިދާޅުވި އެވެ.
މީގެ އިތުރުން ސައީދު ވިދާޅުވީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތީ ކްރިއޭޓިވް އިންޑަސްޓްރީއެއް ރާއްޖޭގައި ޤާއިމުކޮށްދެއްވައި، އެ އިންޑަސްޓްރީ ކުރިއަށް ގެންގޮސްދެއްވާނެކަމުގެ މުހިއްމު ވަޢުދުފުޅާއެކު ކަމަށެވެ.
އަދި މިއަދު ފެންނަމުން މިދަނީ އެ ވަޢުދުފުޅު ފުއްދެވުމުގައި ޢަމަލީގޮތުން ނަތީޖާ ނެރެދެއްވައި، ހަލުވިކަމާއެކު ހަރުފަތަކަށްފަހު ހަރުފަތެއް ކުރިއަށް ވަޑައިގަންނަވާ އުފާވެރި އަދި އުންމީދީ މަންޒަރު ކަމަށްވެސް ވިދާޅުވި އެވެ.
ފިކުރީ މުދަލުގެ ޙައްޤުތައް ރައްކާތެރިކޮށްދޭ އޮފީހެއް އުފައްދަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ