ޢާއިޝަތު ރަފާޙް ޢަލީ
ﷲ ތަޢާލާ ތަޣާބުން ސޫރަތުގެ 11، 12 އަދި 13 ވަނަ އާޔަތުގައި އަންގަވަނީ ހުރިހާ ކަމެއްވެސް އަންނަނީ ﷲ ތަޢާލާގެ އިރާދަފުޅުންނެވެ. އެހެންކަމުން މުޞީބާތެއް ކުރިމަތިވުމުންވެސް ﷲ ތަޢާލާއަށް ވަކީލު ކުރުމާއެކު ﷲ ތަޢާލާއަށާއި ރަސޫލާ ޞައްލަ ﷲ ޢަލައިހި ވަސައްލަމް ގެ ސުންނަތައް ކިޔަމަންވެ ޢަމަލުކުރުމަށެވެ.
مَا أَصَابَ مِن مُّصِيبَةٍ إِلَّا بِإِذْنِ اللَّهِ ۗ وَمَن يُؤْمِن بِاللَّهِ يَهْدِ قَلْبَهُ ۚ وَاللَّهُ بِكُلِّ شَيْءٍ عَلِيمٌ ﴿١١﴾ وَأَطِيعُوا اللَّهَ وَأَطِيعُوا الرَّسُولَ ۚ فَإِن تَوَلَّيْتُمْ فَإِنَّمَا عَلَىٰ رَسُولِنَا الْبَلَاغُ الْمُبِينُ ﴿١٢﴾ اللَّهُ لَا إِلَٰهَ إِلَّا هُوَ ۚ وَعَلَى اللَّهِ فَلْيَتَوَكَّلِ الْمُؤْمِنُونَ ﴿١٣﴾
މާނައީ: "اللَّه ގެ إذن ފުޅަށްމެނުވީ، އެއްވެސް مصيبة އެއް ނުޖެހެއެވެ. އަދި اللَّه އަށް إيمان ވާމީހާ (ދަންނާށެވެ!) އެކަލާނގެ އެމީހާގެ ހިތަށް ތެދުމަގު ދައްކަވަތެވެ. اللَّه އީ، ކޮންމެކަމެއް މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ. (11) ތިޔަބައިމީހުން اللَّه އަށް ކިޔަމަންވާށެވެ! އަދި ތިޔަބައިމީހުން رسول އާއަށް ކިޔަމަންވާށެވެ! ފަހެ، ތިޔަބައިމީހުން (އެކަމަށް) ފުރަގަސްދީފިނަމަ، ފަހެ، ތިމަންރަސްކަލާނގެ رسول އާގެ މައްޗަށް އޮތްކަން ކަށަވަރީ، بيان ވެގެންވާ އިއްވެވުމެވެ. (12) اللَّه އީ، އެކަލާނގެ ފިޔަވައި حق ވެގެން އަޅުކަމެއްވެވޭ إله އަކުނުވާ ރަސްކަލާނގެއެވެ. ފަހެ، مؤمن ތަކުން، ހަމައެކަނި اللَّه އަށް وكيل ކުރާ ހުށިކަމެވެ! (13)"
ކިރިޔާވެސް ކަންބޮޑުވާންޖެހޭ ވަރުގެ ކަމެއް މެދުވެރިވެއްޖެނަމަ ގިނަ ބައަކަށް ތެޅިފޮޅި ގަނެވެނީ ކީރިތި ޤުރްއާނުގައިވާ މިފަދަ ބަސްފުޅުތަކަށް ސަމާލުކަން ނުދެވޭތީއެވެ. ކޮންމެ ކަމެއްވެސް ކުރިމަތިވާނީ ﷲ ތަޢާލާގެ ޙަޟްރަތުންނެވެ. ސަލާމަތްވެވެން އޮތީ ﷲ ތަޢާލާގެ އަމުރުފުޅުތަކަށް ކިޔަމަންތެރިވެ ސުންނަތަށް ޢަމަލުކުރިވަރަކުންނެވެ.
މުޞީބާތެއް ކުރިމަތިވުމުން ޢަމަލުކުރަން އޮތް ގޮތް- ޤުރްއާނުން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ