ދުވާފަރު މަގުހެދުމުގެ 3 ވަނަ ފިޔަވަހީގެ މަސައްކަތުގައި ސޮއިކޮށްފި

ރ. ދުވާފަރު  ހިއްކިބިމުގެ މަގުތައް ޒަމާނީ ފެންވަރަށް ހެދުމަށް، މަގުހެދުމުގެ 3 ވަނަ ފިޔަވަހީގެ މަސައްކަތުގައި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ  (އެމްޓީސީސީ) އާއި އެކު ސޮއިކޮށްފިއެވެ. 
މިކަމައްޓަކައި ދުވާފަރުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވަނީ ބައިވެރިވެވަޑައިގެންފައެވެ.
މި އެއްބަސްވުމުގައި ޢިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ޑީ.ސީ.ޕީ(ރޓ) އަހުމަދު ސައުދީއެވެ. 
ދުވާފަރަކީ ރ.އަތޮޅުގައި މީހުން ދިރިއުޅެމުންދާ ރަށްތަކުގެ ތެރެއިން އާބާދީގެ ގޮތުން މީހުން އެންމެގިނައިން ދިރިއުޅެމުން އަންނަ ރަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ