ވެމްކޯގެ މުވައްޒަފަކަށް ޑީސަލް ބޮވިގެން ވެންޓިލޭޓަރުގަ ވައި ނުސާފުވުމުގެ ސަބަބުން ސިއްހީ މައްސަލަތައް ކުރިމަތިވެދާނެތީ ސަމާލުވާންޖެހޭ މަސްވެރިންގެ އިހުތިޖާޖުން ހައްޔަރުކުރި މީހުންނަށް ބަންދު ކުރީ ގާނޫނާ ހިލާފަށް: އެމްޑީޕީ ރައީސްގެ ވައުދުފުޅާ އެއްގޮތަށް ދު

ރ. ދުވާފަރު މަގު ހެދުމުގެ މަޝްރޫއުގެ ތިންވަނަ ފިޔަވަހީގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ޝަރަފުވެރިކޮށްދެއްވި މި ރަސްމިއްޔާތުގައ،ި މި މަސައްކަތުގެ އެއްބަސްވުމުގައި މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަނ،ް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ ޑޮކްޓަރ ޢަބްދުالله މުއްޠަލިބް އެވެ. އަދ،ި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ މި ކުންފުނީގެ މެނޭޖިންގ ޑައިރެކްޓަރ، އަހުމަދު ސައުދީ އެވެ.
މި ރަސްމިއްޔާތުގައ،ި ކެބިނެޓް މިނިސްޓަރުންނާއ،ި ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ނާއ،ި ދުވާފަރު ކައުންސިލް މެންބަރުންނާއ،ި ސަރުކާރުގެ އިސްވެރިން ބައިވެރިވެ ވަޑައިގެންނެވިއެވެ. މި މަޝްރޫއުގެ ދަށުން، ޖުމުލަ 16.65 ކިލޯމީޓަރު އެކުލެވޭ 75 މަގު ހެދުން ހިމެނެއެވރ މީގެ އިތުރުން ފެން ހިންދާ ނިޒާމެއް ޤާއިމުކުރުމާ، ސަރވިސް ލައިން އެޅުމާއި ޤުދުރަތީ ގޮތުން ފެން ހިނދޭ ނިޒާމެއް ހަރުކުރުމާއި، ޕޭވްމަންޓެއް ހެދުމާއ،ި ދުއްވާ ސަރަހައްދެއް ޤާއިމު ކުރުމާއ،ި މަގު ބައްތި ހަރުކުރުމުގެ މަސައްކަތް ކުރާނެއެވެ.
މި މަޝްރޫޢަކީ 312.66 މިލިއަން ރުފިޔާއަށް 810 ދުވަސްތެރޭ ނިންމަން މިކުންފުންޏާ ހަވާލުކޮށްފައިވާ މަޝްރޫއެކެވެ.
އެމްޓީސީސީން ބުނީ 5,047 މީހުންގެ އާބާދީއެއް އޮންނަ ދުވާފަރަކީ މިހާރުވެސް ޒަމާނީ ފެންވަރައް ގިނަ މަގުތަކެއް ހެދިފައިވާ ރަށެކެވެ. މިއަދު ސޮއިކުރެވުނު މަގު ހެދުމުގެ މަޝްރޫޢުގެ ތިންވަނަ ފިޔަވަހީގެ މަސައްކަތް ނިމުމާއެކު ދުވާފަރު އިތުރަށް ތަރައްޤީވެ، ހިނގާ މީހުންނާއި ދުއްވާ އުޅަނދުތަކަށް އިތުރު ރައްކާތެރިކަމާއި ލުއިފަސޭހަތަކެއް ލިބޭނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ