ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، އަންނަ ބުދަ ދުވަހު ދިވެހި ވިޔަފާރިވެރިންނާ ބައްދަލުކުރައްވަން ނިންމަވައިފިއެވެ.
މިކަން ހާމަކުރައްވައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އިސް ތަރުޖަމާނު، ހީނާ ވަލީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މި ޑިސެންބަރު 17 ވާ ބުދަ ދުވަހުގެރޭ، ދިވެހި ވިޔަފާރިވެރިންނާ ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރެއްވުން އޮންނާނެ ކަމަށެވެ.
މީގެ އިތުރުން ހީނާ ވިދާޅުވީ މިއީ، ރައްޔިތުންނާ ގާތުން ބައްދަލުކުރައްވައި، ހިޔާލާއި މަޝްވަރާ ހޯއްދަވާ، ރައްޔިތުން ކަންބޮޑުވާ ކަންކަން ޙިއްސާ ކުރައްވާ، ބޭނުންފުޅުވާ ކަންކަން ސީދާ އަޑުއެއްސެވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ބާއްވަވާ ސިލްސިލާ ބައްދަލުކުރެއްވުންތަކުގެ ތެރެއިން ކުރިއަށް ގެންދަވާ ބައްދަލުކުރެއްވުމެއް ކަމަށެވެ.
17 ޑިސެންބަރު 2025 ވާ ބުދަ ދުވަހުގެރޭ 8:30 ގައި، ސޯޝަލް ސެންޓަރުގައި އޮންނަ މި ބައްދަލުކުރެއްވުމުގައި ބައިވެރިވެ ވަޑައިގަތުމުގެ ދަޢުވަތު ދިވެހި ވިޔަފާރިވެރިންނަށް ވަނީ އަރުވައިފައެވެ.
މިރޭ އައްޑޫ ސިޓީ ހިތަދޫގައި ހަވާ އަރުވަނީ! ތެރަޕީއަށް ކުރި ހަރަދުގެ ބޮޑުބައި ބިހޭވިއަރަލް ކެއާއަށް: ޖުމްލަ 12 މިލިއަނަށްވުރެ މަތި މާލޭގައި އިމާރާތްކުރާ ދާރުއްނޫރު ވަޤްފު އިމާރާތުގެ ކޮންސެޕްޓް ޑިޒައިންކޮށްދޭނެ ބަޔަކު ހޯދަނީ ކައިޒީންގެ ބޯޓުގެ މައްސަލަ ސުޕްރ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ