ކ. ނަކައްޗާފުށި ހުޅަނގު ދެކުނަށް އަރިއަތޮޅާ ދިމާލަށް ކޮންނަ ބޯޓެއްގެ ހޮޅިތަކެއް އޮޔާ ދާތީ، ދަތުރުވެރިން ސަމާލުވާން އެމްއެންޑީއެފްއިން އިލްތިމާސްކޮށްފި އެވެ.
ތަފްސީލް - އެމްއެންޑީއެފްއިން ބުނީ އޮޔާ ދަނީ، ނަކައްޗާފުށީ ކައިރި ހިއްކަމުންދާ ފަޅެއްގައި އަޅާފައި އޮތް ކޮންނަ ބޯޓެއްގެ 100 މީޓަރު ދިގު ހޮޅިތަކެއް ކަމަށެވެ.
އެގޮތުން ބުނީ:
މި ހޮޅިތައް އޮޔާ ދަނީ ހުޅަނގު ދެކުނަށް އަރިއަތޮޅާ ދިމާއަށް
އެހެންކަމުން އަލިހުރަސް ކަނޑާއި އެ ސަރަހައްދު ކައިރިން ދަތުރުކުރާއިރު މިކަމަށް ސަމާލުކަން ދިނުމަށް
ހާއްސަކޮށް ރޭގަނޑު އެ ސަރަހައްދުން ދަތުރުކުރާއިރު ހާއްސަ ސަމާލުކަމެއް ދޭން އެދިފައިވޭ
ކޮންނަ ބޯޓެއްގެ ހޮޅިތަކެއް އޮޔާ ދާތީ ސަމާލުވާން އެދިއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ