އަތޮޅު ކައުންސިލުތައް އުވާލައި، އާބާދީ ކުޑަ ރަށްރަށް މަދުން ކައުންސިލަރުން ހޮވާ ބަދަލުތައް ތަސްދީގުކޮށްފި އަތޮޅު ކައުންސިލުތައް އުވާލައި، އާބާދީ ކުޑަ ރަށްރަށް މަދުން ކައުންސިލަރުން ހޮވާ ބަދަލުތައް ތަސްދީގުކޮށްފި

އަތޮޅު ކައުންސިލުތައް އުވާލައި، އާބާދީ ކުޑަ ރަށްރަށަށް މަދުން ކައުންސިލަރުން ހޮވަން ގާނޫނުއަސާސީ އާއި ގާނޫނުތަކަށް ގެނައި ބަދަލު ރައީސް މުހައްމަދު މުއިއްޒު ތަސްދީގުކޮށްފި އެވެ.
އެ ބަދަލުތައް ގެނައުމަށްޓަކައި ގާނޫނުއަސާސީ އާއި ލާމަރުކަޒީ ގާނޫނާއި ލޯކަލް ކައުންސިލުތަކުގެ އިންތިހާބުގެ ގާނޫނަށް ވަނީ ބަދަލުތަކެއް ގެނެސްފަ އެވެ. އެ ހުރިހާ ބިލުތަކެއް މުއިއްޒު ވަނީ މިއަދު ތަސްދީގުކޮށްފަ އެވެ.
އަތޮޅު ކައުންސިލް އުފެއްދުމަށް ގާނޫނުއަސާސީގެ 230 ވަނަ މާއްދާގެ ށ. އިން ރައީސުލްޖުމްހޫރިއްޔާ ދީފައި އޮތް ބާރު މިވަގުތުން ފެށިގެން އުނިވީ އެވެ. އެހެންކަމުން ދެން އަތޮޅު ކައުންސިލެއް ވުޖޫދެއް ނުކުރެވޭނެ އެވެ.
ލާމަރުކަޒީ ގާނޫނަށް ގެނައި ބަދަލުތަކުގައިވާ ގޮތުން ރަށުގެ އާބާދީ 2000 އަށް ވުރެ ކުޑަ ނަމަ އެ ރަށަކުން އިންތިހާބު ކުރާނީ އެންމެ ތިން ކައުންސިލަރުންނެވެ. ކުރިން ވެސް އޮތް ގޮތަށް ފަސް ކައުންސިލަރުން ހޮވާނީ 2000 އަށް ވުރެ ބޮޑެތި އާބާދީތަކުންނެވެ.
ކައުންސިލުތަކުގައި އަންހެން މެންބަރުން ތިބުން ވެސް ބަދަލުގައި ލާޒިމު ކުރެ އެވެ. އެގޮތުން ތިން ކައުންސިލަރުން ހޮވާ ރަށްތަކުގައި މަދުވެގެން އެއް މެންބަރަކީ އަންހެނަކަށް ވާންޖެހެ އެވެ. އަދި ފަސް ކައުންސިލަރުން ހޮވާ ރަށްރަށުގައި ދެ ކައުންސިލަރުންނަކީ އަންހެނުންނަށް ވާންޖެހެ އެވެ.
އިސްލާހުތަކުގެ ތެރޭގައި ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) އަށް އިތުރު ބާރު ލިބިދޭ މާއްދާތަކެއް ވެސް ހިމެނެ އެވެ. އެގޮތުން ކޮންމެ އިދާރީ ދާއިރާއެއްގައި އެލްޖީއޭގެ އޮފީސްތައް ހިންގުމުގެ ބާރު އިސްލާހުގެ ދަށުން އެ އިދާރާއަށް ލިބޭނެ އެވެ. އަދި ކައުންސިލްތަކުން ރަސްމީކޯށް ރިޕޯޓު ކުރަންޖެހޭ އަދި ޖަވާބުދާރީވާންޖެހޭ ފަރާތަކީ އެލްޖީއޭ ކަމަށް ވެސް ވަނީ އިސްލާހުގައި ކަނޑައަޅައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ