މޯލްޑިވިއަނުން އިސްވެ ލަންކާއަށް 3.8 ޓަނުގެ އަސާސީ ތަކެތި ފޮނުވަނީ

މިދިޔަ ނޮވެމްބަރު މަހުގެ ފަހުކޮޅު އަވައްޓެރި ސްރީލަންކާއަށް އެރި ތޫފާން "ދީތުވާ"ގައި ހާލުގައި ޖެހުނު އެ ގައުމުގެ ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި ގާތްގަނޑަކަށް 3.8 ޓަނުގެ ޒަރޫރީ ތަކެތީގެ އެހީތެރިކަން ފޯރުކޮށްދިނުމަށް ގައުމީ އެއާލައިން މޯލްޑިވިއަނުން ނިންމައިފިއެވެ.މޯލްޑިވިއަނުން ސޯޝަލް މީޑިއާގައި މިއަދު ކުރި ޕޯސްޓެއްގައި ބުނީ އެ ތަކެތި ލަންކާއަށް ފޮނުވަނީ އެ އެއާލައިނާއި ދަ މަހަލްދީބް ފައުންޑޭޝަން އަދި މީގާތު ހައްޖު އެންޑް އުމްރާ ގުރޫޕް ގުޅިގެން ކަމަށެވެ."މިފަދަ ދަތި ހާލަތެއްގައި ހާއްސަ އެހީތެރިކަމަށް ބޭނުންވެފައިވާ ފަރާތަކަށް އެހީ ފޯރުކޮށްދިނުމުގައި ހިއްސާވުމަކީ ގައުމީ އެއާލައިންގެ ހައިސިއްޔަތުން އަޅުގަނޑުމެން ކުރާނެ ކަމެއް. އަޅުގަނޑުމެން ގުޅިގެން މި ކުރާ މަސައްކަތުން ރަމްޒުކޮށްދެނީ އެ އަޅާލުމާއި ޒިންމާދާރުކުރަން،" މޯލްޑިވިއަނުން ބުންޏެވެ.ތޫފާން 'ދީތުވާ'ގެ ސަބަބުން ލިބުނު ގެއްލުމުން އަރައިގަތުމަށް ސްރީލަންކާއަށް އެންމެ ބޮޑު އެހީއެއް ދީފައި ވަނީ ރާއްޖެއިންނެވެ. އެގޮތުން އެކިއެކި ގައުމުތަކުން ލަންކާއަށް އެހީގެ ގޮތުގައި ލިބުނު 6.5 މިލިއަން ޑޮލަރުގެ ތެރެއިން 2.4 މިލިއަން ޑޮލަރު ރާއްޖޭން ވަނީ ހަދިޔާކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ