ބީއެމްއެލްއިން ހަނިމާދޫ އެއާޕޯޓުގައި ޑޮލަރު އޭޓީއެމް އާއި ކައުންޓަރެއް ގާއިމުކޮށްފި

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ރޭ ހުޅުވި ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުގައި ޑޮލަރު އޭޓީއެމްއަކާއި ޑޮލަރު ދޫކުރާ ކައުންޓަރެއް ގާއިމުކޮށް، ދަތުރުވެރިންނަށް ފަސޭހައިން ޑޮލަރު ލިބޭނެ އިންތިޒާމް ހަމަޖައްސައިފި އެވެ.
ތަފްސީލް - މި ހިދުމަތްތައް ފައްޓަވައިދެއްވީ ހަނިމާދޫ އެއާޕޯޓު ރަސްމީކޮށް ހުޅުވުމަށް ރޭ ބޭއްވި ހާއްސަ ރައްމިއްޔާތުގައި ރައީސް މުހައްމަދު މުއިއްޒެވެ.
ބުނީ ކީކޭ؟ - "ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުން ޑޮލަރު ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމަކީ އަޅުގަނޑުމެނަށް ލިބޭ އުފަލެއް،" ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފް ވިދާޅުވި އެވެ.
"ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓްގައި ޑޮލަރު ކައުންޓަރާ އެކު ޑޮލަރު އޭޓީއެމް ވެސް ގާއިމުކުރެވުމުން ހާމަވެގެންދަނީ އަޅުގަނޑުމެންގެ ކަސްޓަމަރުންނަށް ރާއްޖޭގެ ކޮންމެ ތާކުން ވެސް ބޭންކުގެ ހިދުމަތްތަކަށް ފަސޭހައިން ވާސިލުވެވޭނެ ވަސީލަތްތައް ގާއިމުކުރުމަށް އަޅުގަނޑުމެން ދޭ އަހުމިއްޔަތު."
20 އަތޮޅުގައި 42 ބްރާންޗު 
202 ސެލްފް-ސާވިސް ބޭންކިން ސެންޓަރު
262 އޭޓީއެމް 
އެންމެ ޒަމާނީ އޮންލައިން ބޭންކިންގެ ހިދުމަތް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ