އީތަން، ތޯއިފް އަދި އަޝްވާން ގައުމީ ސްކޮޑަށް އީތަން، ތޯއިފް އަދި އަޝްވާން ގައުމީ ސްކޮޑަށް

އޭޝިއަން ކަޕް ކޮލިފައިންގައި ރާއްޖޭން މި މަހު 18 ވަނަ ދުވަހު، ފިލިޕީންސްއާ ދެކޮޅަށް ކުޅޭ މެޗަށް ނެގި ގައުމީ ފުޓްބޯޅަ ޓީމުގެ ޕްރިލިމިނަރީ ސްކޮޑުން ކްލަބް ވެލެންސިއާގެ އީތަން އިބްރާހިމް ޒަކީ އާއި ބުރު ސްޕޯޓްސް ކްލަބްގެ ތޯއިފް ގާސިމް އަދި ކްލަބް އީގަލްސްގެ މުހައްމަދު އަޝްވާން އަށް ފުރުސަތު ދީފި އެވެ.
އުމުރުފުރާގެ ގައުމީ ޓީމުތަކަށް ކުޅެފައިވާ، 16 އަހަރުގެ އީތަން އަށް ސީނިއާ ގައުމީ ޓީމުން ޖާގަ ލިބިފައި މި ވަނީ ފުރަތަމަ ފަހަރަށެވެ. މި ފަހަރުގެ ދިރާގު ދިވެހި ޕްރިމިއާ ލީގުގައި އޭނާ އަންނަނީ ވެލެންސިއާގެ ކެޕްޓަން ބޭންޑް އަޅައިގެން މޮޅު ކުޅުމެއް ދައްކަމުންނެވެ. އަދި، ލީގުގައި ވެލެންސިއާ އިން މިހާތަނަށް ނެެރެފައިވާ ރަނގަޅު ނަތީޖާތަކުގެ ފަހަތުގައި އީތަންގެ ދައުރު ބޮޑެވެ.
ބުރު ޓީމަށް މި ސީޒަނުގައި ގިނަ މެޗުތަކުގައި ފުރަތަމަ އެގާރައިގައި ހިމެނިގެން ރަނގަޅު ކުޅުމެއް ދައްކާފައިވާ ތޯއިފަކީ މި ފަހުން ލީގުގައި ގިނަ މެޗުތަކެއްގައި އެއް ފެންވަރެއްގެ ކުޅުމެއް ދައްކާފައިވާ ހުނަރުވެރި ކުޅުންތެރިއެކެވެ. ފުލްބެކްގެ ކޮންމެ ފަޅި އަކަށް ވެސް ކުޅެވޭ ތޯއިފް ވަނީ ބުރުން ކުޅުނު ގިނަ މެޗުތަކުގައި ރަނގަޅު ކުޅުމެއް ދައްކައިފަ އެވެ.
އީގަލްސް އިން އެންމެ ފަހުން ކުޅުނު ހަތަރު މެޗުގައި އަޝްވާން ވަނީ މޮޅު ކުޅުމެއް ދައްކައިފަ އެވެ. އެ ހަތަރު މެޗުގައި އޭނާ ކައިރިން ވަދެފައިވަނީ އެންމެ ގޯލެކެވެ. ލީގުގައި އޭނާ ވަނީ ޖެހިޖެހިގެން ތިން މެޗުގައި ކޮޅަށް ގޯލެއް ވަނަނުދީ ނިންމާލައިފަ އެވެ. އޭގެ ތެރޭގައި، އޮޑި ސްޕޯޓްސް ކްލަބާއި ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބާ ދެކޮޅަށް އީގަލްސް އިން ކުޅުނު މެޗުތައް ހިމެނެ އެވެ. އޮޑިއާ ދެކޮޅަށް ކުޅުނު މެޗުގައި މޮޅު ކުޅުންތެރިއަކީ ވެސް އަޝްވާން އެވެ.
ސަމޫހު އަލީ (މާޒިޔާ)
ހުސެއިން ޝަރީފް (މާޒިޔާ)
އިބްރާހިމް މަހުދީ ހުސެއިން (އީގަލްސް)
އިބްރާހިމް އައިސަމް (މާޒިޔާ)
ހައިޝަމް ހަސަން (މާޒިޔާ)
ހަމްޒާ މުހައްމަދު (މާޒިޔާ)
ނާއިޒް ހަސަން (މާޒިޔާ)
މުހައްމަދު އިރުފާން (ނިއު ރޭޑިއަންޓް)
އަލީ ފާސިރު (ނިއު ރޭޑިއަންޓް)
އަހުމަދު އައިހަމް (މާޒިޔާ)
އީތަން އިބްރާހިމް ޒަކީ (ވެލެންސިއާ)
ހަސަން ނަޒީމް (މާޒިޔާ)
އިބްރާހިމް އުސާމާ ހަސަން މަޖީދު (ބުރު)
އަހުމަދު ރިޒުވާން (އީގަލްސް)
ހުސެއިން ނިހާން (އޮޑި)
އަހުމަދު އައިހަމް (އޮޑި)
ހަސަން ރާއިފް އަހުމަދު (ނިއު ރޭޑިއަންޓް)
ހަސަން ޝިފާޒް (މާޒިޔާ)
އަހުޒަމް ރަޝީދު (އޮޑި)
މުހައްމަދު ފައިސަލް (ބުރު)
މުހައްމަދު އިލާން އިމްރާން (މާޒިޔާ)
ހިސާމް ސަލީމް (އީގަލްސް)
ތޯއިފް ގާސިމް (ބުރު)
މުހައްމަދު އަޝްވާން (އީގަލްސް)
ހަސަން ހައިޝަމް ހާމިދު (ވެލެންސިއާ)
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ