އެމެރިކާ-އީރާނު ހަނގުރާމައަށް ހައްލެއް ލިބިދާނެ ކަމުގެ އުންމީދުތައް އާވުމާ އެކު، ތެލުގެ އަގު އިތުރަށް ދަށަށް ގޮސް، ފީފާއަކުން 1 ޑޮލަރަށް ވުރެ ބޮޑުތަން ދަަށަށް ހިނގައްޖެ އެވެ.
ބްރެންޓް ކުރޫޑް ފިއުޗާސްގެ އަގުން 1.47 ޑޮލަރު، ނުވަތަ %1.66 ވެއްޓި، ފީފާއެއްގެ އަގު ވަނީ 86.89 ޑޮލަރަށް ވެއްޓިފަ އެވެ.
އޭގެ އިތުރަށް އެމެރިކާގެ ވެސްޓް ޓެކްސަސް އިންޓަމީޑިއަޓް ކުރޫޑްގެ އަގުން 1.45 ޑޮލަރު ނުވަތަ %1.76 ދަށަށް ގޮސް، ފީފާއެއްގެ އަގު ވަނީ 81.16 ޑޮލަރަށް ވެއްޓިފަ އެވެ.
މިއީ މި މަހު 20ގެ ފަހުން ތެލުގެ އަގު މިހާ ދަށަށް ދިޔަ ފުރަތަމަ ފަހަރެވެ.
އީރާނާ ދެކޮޅަށް އެމެރިކާއިންދޭ ވައިގެ ހަމަލާތަކުގެ ކެމްޕޭން ކުއްލި ގޮތަކަށް މިދިޔަ ހަފުތާ ބަންދުގައި މެދުކަނޑާލުމާ ގުޅިގެން، ތެލުގެ އެގު އެ ދެ މާކެޓްގައި ވަނީ ގާތްގަނޑަކަށް %8 ދަށަށް ގޮސްފަ އެވެ.
އެމެރިކާއިން އީރާނާ އެކު "ރަނގަޅު މަޝްވަރާތަކެއް" ކުރަމުންދާ ކަމަށާއި މައްސަލައަށް ހައްލެއް ލިބުމުގެ ފުރުސަތު އެބައޮތް ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިއްޔެ ވަނީ ވިދާޅުވެފަ އެވެ. ނަމަވެސް، މަޝްވަރާތައް ނާކާމިޔާބުވެއްޖެ ނަމަ، އެމެރިކާގެ ހަމަލާތައް އަލުން ފަށާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އީރާނުން ވެސް ވަނީ މަޝްވަރާތައް ނާކާމިޔާބު ވެއްޖެ ނަމަ، ބަދަލުހިފުމާ ގުޅޭ ގޮތުން އެ މޭރަމަކުން ވާހަކަ ދައްކައިފަ އެވެ.
ތެލުގެ އަގުތައް މިއަދު ވެސް ދަށަށް ހިނގައްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ