ހަންކެޑެ ތަރައްގީކުރަން އައްޑޫ ހަންކެޑެ ޑިވެލޮޕްމަންޓް ކޯޕަރޭޝަން އުފައްދައިފި

އައްޑޫ އަތޮޅުގައި އިންޓަގްރޭޓަޑް ޓޫރިޒަމް ޑިވެލޮޕްމަންޓް މޮޑެލްގެ ދަށުން ތަރައްގީކުރަން އުޅޭތާ އަހަރުތަކެއް ވެފައިވާ ހަންކެޑެ ތަރައްގީކުރަން އައްޑޫ ހަންކެޑެ ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ ނަމުގައި ދައުލަތުގެ ކުންފުންޏެއް ރައީސް މުހައްމަދު މުއިއްޒު މިއަދު އުފައްދަވައިފި އެވެ. 
މި ކުންފުނި އުފެއްދިކަން އިއުލާންކޮށް ރައީސް އޮފީހުން ބުނީ މި ކުންފުނީގެ މައިގަނޑު މަގުސަދަކީ ހަންކެޑެ ތަރައްގީކޮށް، އައްޑޫ އަތޮޅުގައި ޓޫރިޒަމް ސިނާއަތް ފުޅާކުރުމާއެކު، ޓޫރިޒަމްގެ މަންފާ މުޅި އަތޮޅަށް ފޯރުކޮށްދިނުމާއި ޓޫރިޒަމުގައި އައްޑުގެ ބައިވެރިވުން އިތުރުކޮށް މި ޕްރޮޖެކްޓު ހަގީގަތަކަށް ހެދުމުގެ މަސައްކަތް ކުރުމެވެ. 
MU STORE
Enterprise Development Industrial Pvt Ltd
Villa College
MU STORE
Yes Maldives Pvt Ltd
ހަންކެޑެ ތަރައްގީކުރަން ސަރުކާރު ހިއްސާވާ ކުންފުންޏެއް އުފެއްދިއިރު މިއީ މި ތަން ތަރައްގީކުރަން މި ސަރުކާރުން ގެންގުޅޭ ހަތަރު ވަނަ ޕްލޭނެވެ. އެންމެ ފުރަތަމަ މި ސަރުކާރުން ނިންމީ ކުރީ ސަރުކާރުގައި މޯލްޑިވްސް ފަންޑް މެނޭޖުމަންޓް ކޯޕަރޭޝަން (އެމްއެފްއެމްސީ) އިން ޗައިނާގެ ނޭޝަނަލް އިލެކްޓްރިކް އިންޖިނިއަރިން ކޮމްޕެނީ (ސީއެންއީއީސީ) އާ ހަވާލުކުރި މަޝްރޫއު އެ ގޮތަށް ކުރިއަށް ގެންދާށެވެ. އެއީ ބޭންކް އޮފް ޗައިނާއިން ހަމަޖެއްސި 142.9 މިލިއަން ޑޮލަރުގެ ލޯނު ފައިނޭންސިންގެ ދަށުންނެވެ. 
އެ ގޮތުން އެންމެ ފަހުން ބޭއްވި ރައްޔިތުންގެ މަޖިލީސް އިންތިހާބާ ދިމާކޮށް ބަޑިބޭހުގެ ކުޅިވަރާއެކު ސީއެންއީއީސީގެ ޕްރޮޖެކްޓު ފެށި ކަމަށް ބުންޏެވެ. ނަމަވެސް އޭގެ އަހަރެއް ވެގެން ދިޔަ އިރު ވެސް އެ ތަނުގައި އެއްވެސް މަސައްކަތެއް ނުކުރެ އެވެ.
ހަންކެޑެ ތަރައްގީކުރުމުގެ އަމަލީ މަސައްކަތް ނުފެށި އޮއްވާ ސަރުކާރުން ވަނީ މިދިޔަ އަހަރުގެ ޖޫން ގައި ސަރުކާރުން ވަނީ އެމްއެފްއެމްސީން ހަންކެޑެ އަތުލައި، އެ ރަށަކީ ހަލާލު ޓޫރިޒަމް ތަރައްގީކުރާ ސަރަހައްދެއްގެ ގޮތުގައި ކަނޑައަޅާފަ އެވެ. މާ ގިނަ ދުވަސްތަކެއް ނުވެ އެ ނިންމުން ބަދަލުކޮށް ޓޫރިޒަމް ރިއަލް އެސްޓޭޓު ޑިވެލޮޕްމަންޓް ޕްރޮޖެކްޓެއް ހިންގާ ރަށެއްގެ ގޮތުގައި ކަނޑައެޅި އެވެ. 
އެ ދުވަސްވަރު މުއިއްޒު ވަނީ އައްޑޫއަށް ވަޑައިގެން، ހަންކެޑެ ތަރައްގީކުރަން ތުރުކީގެ ކުންފުންޏަކާއެކީ ވަރަށް އަވަހަށް ސޮއިކޮށް މަސައްކަތް ފެށިގެން ދާނެ ކަމަށް ވިދާޅުވެފަ އެވެ. މި ބުނާ ތުރުކީ ކުންފުންޏެއްގެ ހަވާލުގައި ޕްރޮޖެކްޓު ފަށާނެ ކަމަށް ބުނި ނަމަވެސް އެ ކަމެއް ވެސް ކުރިއަށް ނުދެ އެވެ. އަދި އެ ފަހުން މިދިޔަ އަހަރުގެ އޮކްޓޫބަރުގައި، ސަރުކާރުން ވަނީ މި ތަން އިންޓަގްރޭޓަޑް ޓޫރިޒަމް މޮޑެލްގެ ދަށުން ތަރައްގީކޮށްދޭނެ ބަޔަކު ހޯދަން އިއުލާންކޮށްފަ އެވެ. 
މިދިޔަ މަހުގެ ފަހުކޮޅު ރައްޔިތުންގެ މަޖިލީހުގައި ޓޫރިޒަމް މިނިސްޓަރު މުހައްމަދު އަމީން ވަނީ ހަންކެޑެ ތަރައްގީކުރާނެ ގޮތުގެ ތަފުސީލީ ޕްލޭނެއް ވަރަށް އަވަހަށް އިއުލާންކުރެވިގެން ދާނެ ކަމަށް ވިދާޅުވެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ