ތިލަފުށީގައި ރޯވި އަލިފާން ކޮންޓްރޯލް ކުރެވުނީ 10 ގަޑިއިރު ފަހުން!

ތިލަފުށީގައި ހުންނަ ވެމްކޯ ސައިޓުގައި ރޭ ރޯވި އަލިފާންގަނޑު 10 ގަޑިއިރު ފަހުން ކޮންޓްރޯލް ކުރެވިފައިވާ ކަމަށް އެމްއެންޑީއެފުން މިއަދު ބުނެފި އެވެ. 
އެމްއެންޑީއެފުން ބުނީ ތިލަފުށީ ވެމްކޯ ސައިޓުގައި އަލިފާން ރޯވެގެން ރިޕޯޓުކުރީ ރޭ 10:20 ހާއިރު ކަމަށެވެ. 
އެ މައުލޫމާތު ލިބިގެން ތިލަފުށީ ފަޔާ ސްޓޭޝަނުންނާއި މާލޭ ފަޔާ ސްޓޭޝަނުގެ ފަޔާ ފައިޓަރުން ވަނީ އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތް ފެށި އެވެ. 
އެމްއެންޑީއެފުން ބުނި ގޮތުގައި އަލިފާންގަނޑު އިތުރަށް ފެތުރިގެން ނުދާ ވަަރަށް ކޮންޓްރޯލް ކުރެވުނީ މިއަދު ހެނދުނު 8:00 ހާއިރު އެވެ. އެކަމަކު އަލިފާނުގެ އަސަރު ކުނިތަކުގައި ހުރުމުން ފަޔާ ފައިޓަރުން އަންނަނީ އަދިވެސް އެ ސަރަހައްދުގައި ހަރަކާތްތެރިވަމުން ކަމަށް ބުންޏެވެ. 
އެމްއެންޑީއެފުން ބުނީ އަލިފާން ރޯވީ ކުނިގޮނޑެއްގައި ކަމުން އެއްކޮށް އަލިފާން ނިއްވުމަށް އިތުރު ވަގުތު ހޭދަވާނެ ކަމަށް ބެލެވޭ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ