ޔޫތު މިނިސްޓްރީގައި ކޯލް ސެންޓަރެއް ގާއިމްކޮށް، ހިދުމަތް ފަށައިފި

މި ކޯލް ސެންޓަރުގެ ނަންބަރަކީ 3347300 އެވެ. ސަރުކާރު ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 08:00 އިން މެންދުރުފަހު 14:00 އާ ހަމައަށް މި ނަންބަރަށް ގުޅައިގެން މުވައްޒަފުންގެ އެހީތެރިކަން ލިބޭނެއެވެ. މީގެ އިތުރުން، ރަސްމީ ގަޑީގެ ބޭރުންނާއި ބަންދު ދުވަސްތަކުގައި ވެސް މި ނަންބަރު މެދުވެރިކޮށް ޚިދުމަތަށް އެދުމުގެ ފުރުސަތު އޮންނާނެ ކަމަށް އެ މިނިސްޓްރީ އިން ބުނެއެވެ.
މި ކޯލް ސެންޓަރު ފަރުމާކޮށްފައި ވަނީ ޒަމާނީ ކޯލް މެނޭޖްމަންޓް ސިސްޓަމެއްގެ އެހީގައެވެ. މި ސިސްޓަމްގެ ސަބަބުން ކޮންމެ ކޯލެއްގެ ތަފުސީލު ލޮގްކުރެވި، ރެކޯޑު ބެލެހެއްޓޭނެ އިންތިޒާމު ވަނީ ހަމަޖައްސާފައެވެ. މީގެ ސަބަބުން، މިނިސްޓްރީގެ ވަކިވަކި ޑިޕާޓްމަންޓްތަކަށް ސީދާ ގުޅައި، ބޭނުންވާ މައުލޫމާތު ސާފުކުރުމަށް ކަސްޓަމަރުންނަށް ވަރަށް ބޮޑު ފަސޭހައެއް ލިބިގެންދާނެކަމަށް ޔޫތު މިނިސްޓްރީ އިން ބުނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ