މީޑިއާތަކާ ރައްޓެހިކަން ބޭއްވުމުގައި މިސާލު ދައްކަމުންދާ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ބާރު ބޭނުންކުރައްވައިގެން ނޫސްވެރިކަމަށް ބޮޑަށް ހުރަސްއަޅަމުންދާ މި ސަރުކާރު ހިންގަވަމުން ގެންދަވާ ރައީސް މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި މުއިއްޒު ވިދާޅުވީ މި ސަރުކާރުން މީޑިއާތަކަށް މައުލޫމާތުތައް ހިއްސާކޮށް ގާތް ގުޅުމެއް ބޭއްވުމުގެ މިސާލު ދައްކައި، ޖަވާބުދާރީވަނިވި ސަރުކާރެއް އަމަލީ ގޮތުން ތަންފީޒުކުރަމުންދާ ކަމަށެވެ.
MU STORE
Enterprise Development Industrial Pvt Ltd
MU STORE
"އާރްޓީއައިތަކަށް ޖަވާބު ދިނުމާއި، ނޫސް ކޮންފަރެންސްތައް ބޭއްވުމާއި، އިންޓަވިއުތައް ދިނުމާއި، މިހެންގޮސް މައުލޫމާތުތައް ހިއްސާކުރުމާއި، ނޫސްވެރިންނާ ގާތުން މަސައްކަތް ކުރުމާއި، މީޑިއާއާ ރައްޓެހިކަން ބޭއްވުމުގައި އަޅުގަނޑުމެން މިދަނީ މިސާލު ދައްކަމުން. ޖަވާބުދާރީވެދިނިވި ސަރުކާރެއް އަމަލީ ގޮތުން މިދަނީ ތަންފީޒުކުރަމުން،" މުއިއްޒު ވިދާޅުވި އެވެ.
މުއިއްޒު ވިދާޅުވީ ހިޔާލުފާޅުކުރުމުގެ މިނިވަންކަމާއި ނޫސްވެރިކަމުގެ މިނިވަންކަން އެންމެ ފުޅާމިނުގައި ކަށަވަރުކޮށްދީފައިވާ ކަމަަށެވެ. ނަމަވެސް އެމަނިކުފާނު ވިދާޅުވީ އިސްލާމްދީނުގެ މިންތަކާއި ގާނޫނުއަސާސީގައި އިންތަކާއި މިންތަކަށް ތަބާވާންޖެހޭ ކަމަށެވެ.
މީޑިއާތަކަށް މިނިވަންކަން އޮތް ކަމަށް މުއިއްޒު ވިދާޅުވިއިރު މީޑިއާތައް ކޮންޓްރޯލްކުރުމަށްޓަކައި ބޮޑެތި ބާރުތަކެއްދީ މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަން (ކޮންޓްރޯލް ކޮމިޝަން) އުފެއްދީ މި ސަރުކާރުންނެވެ. އެ ކޮމިޝަނުން މިހާތަނަށް މީޑިއާތަކަށް ތަފާތު އެކި އިންޒާރުތައްވެސް ދީފައިވާކަން ފާހަގަކުރެވެ އެވެ.
މީގެއިތުރުން އަދަދު ނޫހުން ގެނެސްދިން "އައިޝާ" ޑޮކިއުމަންޓްރީއާ ގުޅުވައިގެން މި ނޫސް ފުލުހުން ރެއިޑުކޮށް އިކިއުޕްމަންޓްތައް ފުލުހުންގެ ބެލުމުގެ ދަށް ގެންގޮސްފައިވެ އެވެ. އެއަށްފަހު މި ނޫހުގެ ސީއީއޯ ހުސައިން ފިޔާޒް މޫސާ އާއި އެޑިޓަރު ހަސަން މުހައްމަދުގެ ޕާސްޕޯޓު ހިފަހައްޓައި، އެ ދެ މީހުންގެ މައްޗަށް ޖިނާއީ ދައުވާކޮށްފައިވެ އެވެ.
ޑޮކިއުމަންޓްރީއާ ގުޅިގެން މިދިޔަ މެއި މަހު މި ނޫހުގެ ދެ ނޫސްވެރިން ކަމަށްވާ މުހައްމަދު ޝަހުޒާން އާއި ލީވާން އަލީ ނާސިރު ކޯޓުގެ ހުރުމަތް ކެނޑި ކަމަށް ބުނެ ޖަލަށްވެސް ލާފައިވެ އެވެ. ޝަހުޒާން 15 ދުވަހަށް ޖަލަށްލީ މުއިއްޒުއާ ސުވާލުކޮށްގެން ކަމަށްވާއިރު، ލީވާން ޖަލަށްލީ ޑޮކިއުމަންޓްރީއާ ގުޅޭ ހަބަރެއް ލިޔެގެންނެވެ.
މި ސަރުކާރުން މީޑިއާތަކާމެދު އަމަލުކުރަމުންދާ ގޮތާ ގުޅޭގޮތުން ބައިނަލްއަގުވާމީ ޖަމިއްޔާތަކުން އެކަމާ ގުޅިގެން ކަންބޮޑުވުން ފާޅުކޮށްފައިވެ އެވެ. އެގޮތުން ނޫސްވެރިންނަށް ކޮށްފައިވާ ދައުވާތައް އަނބުރާ ގެންދިޔުމަށާއި ނޫސްވެރިން މިނިވަން ކުރުމަށާއި މީޑިއާ ކޮންޓްރޯ ގާނޫނު އުވާލުމަށްވެސް ގޮވާލާފައިވެ އެވެ.
މީޑިއާތަކަށް ދައުލަތުގެ ބަޖެޓުން ފައިސާ ދޭން ފެށިފައިވާކަން ފާހަގަކުރައްވާ މިއަދުގެ ޖަލްސާގައި މުއިއްޒު ވިދާޅުވީ އޭގެ ސަބަބުން ސްޕޮންސާތަކަށް ބަރޯސާވުން ނިމުމަކަށް ގެނެވިފައިވާ ކަމަށެވެ. އޭގެއިތުރުން މުއިއްޒު ވިދާޅުވީ މީޑިއާ ވިލެޖުގެ މަސައްކަތް ނިމެމުންދާއިރު، އެތަނުން ކުޑަ އަގެއްގައި މީޑިއާތަކަށް ޖާގަ ލިބޭނެ ކަމަށެވެ.
ނޫސްވެރިކަމަށް ހުރަސްއެޅުއްވުމަށްފަހު، މީޑިއާތަކާ ގާތް ގުޅުމެއް ބޭއްވުމުގައި މިސާލު ދައްކަވާ ކަމަށް މުއިއްޒު ވިދާޅުވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ