ދިވެހި ދަރިވަރުންނަށް މަތީ ތަޢުލީމު ހާސިލުކުރުމަށްޓަކައި ދުނިޔޭގެ ފަސް ގައުމަކުން ސްކޮލާޝިޕްގެ ގިނަ ފުރުސަތުތަކެއް ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ހުޅުވާލައިފިއެވެ. މި ފުރުސަތުތައް ހުޅުވާލާފައިވަނީ މިސްރު، އިންޑިއާ، ޕާކިސްތާނު، ތައިލެންޑް، މޮރޮކޯ އަދި އަޔަލެންޑް އިންނެވެ.
ތައިލެންޑުގައި މާސްޓާސް ފެންވަރަށް ކިޔެވުމަށް ހުޅުވާލާފައިވާ ފުރުސަތުތަކަށް އަންނަ މަހުގެ ނިޔަލަށް އެދި ހުށަހެޅޭނެއެވެ. އަޔަލެންޑުން މާސްޓާސް ޑިގްރީއާ ހަމައަށް ކިޔެވުމަށް ހުޅުވާލާފައިވާ ފުރުސަތަށް ކުރިމަތިލުމުގެ މުއްދަތު މިއަދަށް ހަމަވާނެއެވެ.
މި ހުރިހާ ސްކޮލާޝިޕްތަކަށް ވެސް ހަޔާ އެޑިޔުކޭޝަން މިނިސްޓްރީގެ "ކުރި" ޕޯޓަލް މެދުވެރިކޮށް ހުށަހެޅޭނެއެވެ.
ދިވެހި ދަރިވަރުންނަށް ގިނަ އަދަދެއްގެ ސްކޮލާޝިޕް ހުޅުވާލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ