ގަވާއިދާ ހިލާފަށް އުޅޭ ފަސް ބިދޭސީން ހައްޔަރުކޮށްފި ގަވާއިދާ ހިލާފަށް ސެލޫން ހިންގަމުން ދިޔަ އިތުރު މީހަކު އަތުލައިގެންފި ގަވައިދާ ޚިލާފަށް ވިޔަފާރި ހިންގާތީ ‘ރިޓްސް’ ސެލޫންގެ ވެރިޔާ ޑީޕޯޓުކޮށްފި ރައީސް ޔާމީނުގެ އާ ރަށުގެ މައްސަލަައިގެ ޝަރީއަތް ލައިވްކުރަ

ރާއްޖޭގައި ގަވާއިދާ ޚިލާފަށް އުޅުނު އިތުރު 30 ބިދޭސީއަކު އިއްޔެ ޑީޕޯޓުކޮށްފައިވާ ކަމަށް އިމިގްރޭޝަނުން ބުނެފިއެވެ.
އިމިގްރޭޝަނުން ރޭ އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީން ހުއްޓުވުމަށް ކުރަމުން އަންނަ މަސައްކަތުގެ ދަށުން އެ ޚިދުމަތުން ހިފަހައްޓާފައިވާ ބިދޭސީންގެ ތެރެއިން 30 ބިދޭސީއަކު ޑީޕޯޓްކޮށްފައިވާ ކަމަށެވެ. އިއްޔެ ޑީޕޯޓްކުރީ ބަންގްލަދޭޝާއި ސްރީލަންކާގެ އިތުރުން އިންޑިއާ އަދި ނޭޕާލަށް ނިސްބަތްވާ ބިދޭސީން ކަމަށް މައުލޫމާތު ލިބެއެވެ.
މިއީ އިމިގްރޭޝަންގެ ގާނޫނު ތަންފީޒު ކުރާކަން ކަށަވަރު ކުރުމަށްޓަކައި މެދުނުކެނޑި ކުރަމުން އަންނަ މަސައްކަތުގެ ދަށުން އެޅި ފިޔަވަޅެއް ކަމަށް އިމިގްރޭޝަނުން ބުންޏެވެ.
އެތަނުގައި ދިރިއުޅެމުން ދިޔަ ބިދޭސީންގެ ތެރެއިން ގަވާއިދާ ޚިލާފަށް އުޅެމުންދިޔަ ނުވަ ބިދޭސީއަކު އިމިގްރޭޝަން ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށް އިމިގްރޭޝަނުން ބުންޏެވެ. އޭގެތެރޭގައި ވަޒީފާ ދިން ފަރާތަށް ފިލައިގެން އުޅޭ ހަ ބިދޭސީއަކު ވެސް ހިމެނޭ ކަމަށް މައުލޫމާތުދިނެވެ.
އިމިގްރޭޝަނުން ކުރިން ބުނެފައިވާ ގޮތުގައި މިހާރު ކުރިއަށް ގެންދާ އޮޕަރޭޝަންތަކުގައި އަތުލައިގަތް ބިދޭސީންގެ ތެރެއިން 3،000 އަށް ވުރެ ގިނަ މީހުން މިހާރު ވަނީ ޑީޕޯޓްކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ