ތަންފީޒު ކުރަން ފެށުމާއެކު ބިދޭސީންގެ ކޯޓާ ފީ ދެއްކި މިންވަރު ބޮޑުތަނުން އިތުރުވެއްޖެ

މިދިޔަ އަހަރު 100 މިލިއަން ރުފިޔާ ކޯޓާ ފީއަށް ދެއްކިނަމަވެސް މިހާރު މި އަދަދު ވަނީ 200 މިލިއަން ރުފިޔާއިން މަތިވެފަ އެވެ.
ހަމައިން ނެއްޓިފައިވާ ބިދޭސީންގެ މައްސަލަ ހައްލުކރަން ބޮއްސުންލާފައިވާ ނިޒާމު ތަންފީޒު ކުރަން ފެށުމާއެކު ބިދޭސީންގެ ކޯޓާ ފީ ދައްކާ އަދަދު ބޮޑު ތަނުން އިތުރުވެއްޖެ އެވެ. 
މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ ނިޔަލަށް ކޯޓާ ފީގެ ގޮތުގައި ލިބިފައިވަނީ 104 މިލިއަން ރުފިޔާ އެވެ. ނަމަވެސް މި އަހަރުގެ އޮގަސްޓް މަހާ ހަމައަށް ބަލާނަމަ ކޯޓާ ފީ ލިބުނު މިންވަރު ވަނީ 232 މިލިއަން ރުފިޔާ އަށް އިތުރުވެފަ އެވެ. 
މިދިޔަ މަހު އެކަނި ކޯޓާ ފީގެ ގޮތުގައި 36 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށް ޓެކްސް އޮތޯރިޓީގެ ހިސާބުތަކުން ދައްކަ އެވެ. 
ހޯލް ލޭންޑް ސެކިއުރިޓީ މިނިސްޓްރީގެ ދަށުގައި އޮންނަ އިމިގްރޭޝަން އިސްވެރި އޮވެ ސަރުކާރުގެ ގިނަ މުވައްސަސާތަކެއް ގުޅިގެން އުފައްދާފައިވާ ޓާސްޓް ފޯސް އިން ދަނީ ބިދޭސީންގެ މައްސަލައިގައި ގިނަ ފިޔަވަޅުތަކެއް އަޅަމުންނެވެ. މިގޮތުން ރާއްޖޭގައި ގަވައިދާ ހިލާފަށް ވިޔަފާރިކޮށް އުޅޭ ބިދޭސީން ހޯދައި ދަނީ ޑީޕޯޓްކުރަމުންނެވެ، 
ބިދޭސީންގެ ކޯޓާ ފީ ނުދައްކާ ކުންފުނިތަކެއްގެ ނަންތައް ވެސް ހޯމް ލޭންޑް މިނިސްޓްރީން ނެރެފައިވެ އެވެ. ނަން އާއްމު ކުރުމާއެެކު ގިނަ ކުންފުނިތަކުން ފީ ދައްކަން ފަށާފައިވާ ކަމަށް ހޯމްލޭންޑް މިނިސްޓްރީން ބުނެފައިވެ އެވެ. 
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ