މުސްލިމުންނަށް އަމާޒުކޮށް ޓިންޑަރ ކަހަލަ ޑޭޓިންގ އެޕެއް ހެދުމަށް ދިރާސާ ކުރުމަށް ޝަހީމު އަހްސަންއަށް އިރުޝާދު ދީފި

‏އިސްލާމިކް މިނިސްޓަރު ކަމުގައި ފޭކު ޕީއެޗްޑީ ނަގައިގެން ހުންނެވި ޝަހީމު ވަނީ އޭނާގެ ޑެޕިއުޓީ އަޙުސަން އަށް އިސްލާމިކް ޑޭޓިންގ އެޕެއް ހެދުމާ މެދު ވިސްނުމަށް އިރުޝާދު ދީފައެވެ. އަދި ޝަހީމު ވަނީ ބައެއް އިސްލާމީ ޤައުމުތަކުގައި ހުންނަ ކައިވެންޏާއި އިސްލާމީ ޑޭޓް ކުރުމުގެ އެޕްތައް ދިރާސާ ކުރުމަށްވެސް އިރުޝާދު ދީފައެވެ. އަދި އެ އެޕްތައް ބަލައިގެން ޓިންޑަރގެ ހުންނަ ޚިދުމަތްތައް ލިބޭހެން އެޕެއް ތައްޔާރު ކުރުމަށް އަހްސަން އަށް ވަނީ އަންގާފައެވެ.
އަޙުސަންއަށް މި ކަމުގައި އިތުރަށް އިތުރަށް ލަފާ ދޭ ފަރާތަކީ ޙަސަން ތައުފީޤް ޤަބްދުއްރަޙުމާން ކިޔާ ފަރާތެކެވެ. މިއީ ހައުސިންގ މިނިސްޓާ ހައިދަރްގެ ޅިޔަނެކެވެ. އަޙުސަންއާއި ހަސަން ތައުފީގުގެ ޓީމުން ދިރާސާ ކުރާނެ އެޕްތަކުގެ ތެރޭގައި އިންޑޮނޭޝިއާގެ ތަޢާރުފް ޑޭޓިން އެޕާއި، މުސްލިމާ ޑޭޓިން އެޕާއި ހަލާހިލްއާއި ލަވްހަބީބީ ހިމެނެއެވެ.
މިއިން ކޮންމެ އެޕެއްވެސް މުސްލިމުން ކާވެނިން ބޭރުން ޒިނޭ ކުރުމަށް މަގުފަހި ކުރާއިރު, ޝަހީމް ވަނީ އަންހެން ކުއްޖަކާއި އެކު އެކަހެރިކޮށް ބޮނަކުއާ ފުޅިއެއް ހިފައިންގެ އިން ވީޑިޔޯއެއް އާންމުވެފައެވެ. މީގެ އިތުރުން މިހާރުވެސް އިސްލާމިކް މިނިސްޓްރީގައި އުޅޭ އަންހެން ސްޓާފަކާއި ގުޅުންތަކެއް އޮންނަ ކަމަށާއި, އަދި މައްކާއަށް ކުރެއްވި އުމްރާ ދަތުރެއްގައި އަންހެން ކުއްޖެއް އަމިއްލަ ކޮޓަރީގައި ގެންގުޅުނު ކަމުގެ ތުހުމަތުތައް ޝަހީމު އާއި މެދު ސޯޝަލް މީޑިޔާގައި މީގެ 3 ދުވަސް ކުރިން ވަނީ ކޮށްފައެވެ.‏އިސްލާމިކް މިނިސްޓްރީގެ އެކްސްކޯއަށް ހުށަހެޅުމަށް މިކަމާއި ގުޅޭ ތަފްސީލީ ޢިލްމީ ކަރުދާހެއް އެކުލަވާލުމުގެ މަސައްކަތްވެސް ހަސަން ތައުފީގް ވަނީ ފަށާފައެވެ. ޓެކްނިކަލް އައިޓީ ދިރާސާތައް ހަދާނީ އަހުސަންގެ އައިޓިއާއި ގްރެފިކް ޓީމުންނެވެ. މީގެ އެންމެ މުހިންމު ފީޗާއަކީ ދިވެހިންނަށް ދީންވެރި ޢިއްފަތްތެރިކަމާއެކު އިންނާނެ ދިވެހި އަންހެނުން ހޯދައި ދިނުމަށް ކަމަށް ބުނެ ދައުލަތުން މި އެޕް ހެދުމުގެ ނަމުގައި ފައިސާ ނެގުމަށް ވަނީ ރާވާފައެވެ. މި ގޮތުން ޒަކާތު ފައިސާއިން ވައްކަން ކުރުމަށް މުއިއްޒު އާއި ޝަހީމް ގާއިމު ކުރި ޒަކާތު ހައުސްއިން މިކަމަށް ލާރި ނެގުމަށް ރާވާފައި ވެއެވެ.‏މިކަމުގެ މަޢުލޫމާތު ފުރިހަމަ ވުމުން މިނިސްޓަރ މިކަން ކެބިނެޓާ ޙިއްސާ ކުރާނެއެވެ. އަދި އެއަށްފަހު ރައީސްގެ ލަފާގެ މަތިން އާންމުކޮށް އިއުލާން ކުރާނެއެވެ. ބެލެވެނީ މަސައްކަތް ނިމުމަށް ފަހު ޒަކާތު ހައުސްގެ ވަގްފްބަޔާ އެޕް ޙަވާލު ކުރުމަށް މިނިސްޓަރު ވިސްނާ ހެންނެވެ. އަދި މިއީ ވަގްފް އީކޮމާސްއަށް ހުޅުވޭ ދޮރެއް ކަމަށް ޝަހީމް ދެކެއެވެ.‏މިކަމާ ގުޅޭ ފައިނޭންޝަލް ފީޒިބަލް ސްޓަޑީޒް ހަދާނީ ޒަކާތު އެޑްވައިޒަރީ ކޮމިޓީން ޝެއިޚު ލަތީފްގެ ބެއްލެވުމުގެ ދަށުންނެވެ. މި މަސައްކަތް ނިންމުމަށް ޝަހީމް ވަނީ ނޮވެމްބަރާ ހަމައަށް ވަގުތު ދީފައެވެ. އަންނަ މާލީ އަހަރު މިއީ ޒަކާތު ހައުސްއަށް އާމްދަނީ ލިބޭނެ އީކޮމާސް ވަސީލެއްގެ ގޮތުގައި ބެލުމަށް ޝަހީމް ބޭނުން ވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ