މިއަދު ދިވެހި މުޖުތަމައުގައި އެކަކު އަނެކަކަށް އިޙްތިރާމުކުރުމާއި، އަޅައިލުމާއި އޯގާތެރިވުންފަދަ ކަންކަން ހިތާމަކުރަންޖެހޭ މިންވަރަށް ދަށްވެފައިވާކަމަށާއި އަދު ފެންނަނީ، އިސްލާމްދީން، އަހަރެމެންނަށް ދަސްކޮށްދީފައިވާ ގޮތާ ޚިލާފަށް އެކަކު، އަނެކަކުގެ މައްޗަށް ދޮގުތައް ހަދައި ޣީބަބުނެ، ފުރައްސާރަކޮށް، އަބުރު ކަތިލާ މަންޒަރުކަމަށް މިއަދުގެ ހުތުބާގައި ބުނެފިއެވެ.
މިއަދުގެ ހުތުބާ ހާއްސަކޮށްފައިވަނީ ގިޔާމަތް ދުވަހަށެވެ. މިދުވަހުގެ ބިރުވެރިކަމާއި މިދުވަހަށް ތާއްޔާރުވުމަށް މިއަދުގެ ހުތުބާގައި އަލިއަޅުވާލާފައިވާއިރު ހުތުބާގައި ބުނީ އެ ދުވަހު އުޑުތަކާއި ބިންގަނޑު ފަޅައިގެންގޮސް އިރުގެ އަލި ނެތިގެން ދާނެތެވެ. އަދި އެއްވެސް ތަރުޖަމާނަކާ ނުލައި اللهُ سُبْحَانَهُ وَتَعَالَى ކޮންމެ މީހަކާމެ ބަސް ވަޙީކުރައްވާނެތެވެ. އެއީ، ފަންސާސް ހާސް އަހަރާ އެއްވަރުގެ ދިގު ދުވަހެކެވެ.
މީގެ އިތުރުން ހުތުބާގައި ބުނެފައިވަނީ ދުނެޔަވީ ހަޔާތުގައިވާ އެންމެ ބޮޑު ހަގީގަތަކީ، ލޯބިވާ އެންމެތަކުންނާއި، އެއްކޮށްފައިވާހައި ތަކެއްޗެއް ދޫކޮށް، މަރުވެގެން ދާން ޖެހޭނެކަން ކަމަށެވެ. އަދި އެ ކަމުން ފިލައިގެން ދެވޭނޭ ހަމަ އެކަކު ވެސް ނުހުންނާނެކަމަށް ހުތުބާގައި ބުނެފައިވާއިރު އާހިރަތަށްޓަކައި ދުނިޔޭގައި އުޅޭ ބަޔަކުކަމުގައި އަހަރެމެން ވާންޖެހޭކަމަށް ހުތުބާގައި ވަނީ ބުނެފައެވެ. “ނަމަވެސް އާޚިރަތް ހޯދުމަށް މަސައްކަތްކުރަނީ ވަރަށް މަދު ބަޔެކެވެ. މިއާ ޚިލާފަށް މާއްދިއްޔަތަށް ގޮސް ހުސްވެ، ދުނިޔެ ހޯދުމުގައި އުޅެނިކޮށް، އެ ބަޔެއްގެ އަޖަލާ ބައްދަލުކުރަނީ ކިތައް މީހުންހެއްޔެވެ؟” ހުތުބާގައި ބުނެފައިވެއެވެ. އެ ދުވަހުގެ ބިރުވެރިކަމާއި، ނާމާންކަމުން ނަޖާކުރައްވައި اللهُ سُبْحَانَهُ وَتَعَالَىގެ ޢަރުޝީގެ ހިޔާވަހިކަން ދެއްވާ މީހުންގެ ތެރޭގައި އެކަލާނގެއަށް އަޅުކަންކުރުމުގައި ހެދިބޮޑުވަމުން އަންނަ ޒުވާނާ ހިމެނޭކަމަށް ހުތުބާގައި ބުނެފައިވެއެވެ.
މިއަދުގެ މުޖްތަމައުގެ ހާލަތާއި މެދު ކަންބޮޑުވުންފާޅުކޮށް ހުތުބާގައި ބުނީ މީސްމީޑިޔާއާއި، ޚަބަރު ފަތުރާ ވަސީލަތްތައް ބޭނުންކޮށްގެން، اللهُ سُبْحَانَهُ وَتَعَالَى ޙަރާމްކުރެއްވި ފަދަ ބޮޑެތި ފާފަތަކަށް އަރައިގަތުމުގައި ބަޔަކު އަވަދިނެތި އުޅޭ އިރު، އެމީހުންނަށް މިކުރެވެނީ ކިހާވަރެއްގެ ނުބައިކަމެއްކަން ހީވެސްނުވާ ކަމަށެވެ. اللهُ سُبْحَانَهُ وَتَعَالَىއަށް ފުރިހަމަ ގޮތުގައި ބިރުވެތިވާ ނަމަ، މި ފަދަ ކަންކަމުން ދުރުހެލިވެ، ރައްކާތެރިވާންޖެހޭކަމަށް ހުތުބާގައި ބުނެފައިވެއެވެ.
ރަސޫލާ صلى الله عليه وسلم އެކަލޭގެފާނުގެ އަޞްޙާބުންނާ ސުވާލުކުރެއްވިއެވެ. “މުފްލިސަކީ، ކާކުކަން ތިޔަބޭކަލުންނަށް އެނގިވަޑައިގަންނަވާތޯއެވެ؟” އެބޭކަލުން ދެންނެވޫއެވެ. ތިމަންމެންގެ ތެރޭގައި މުފްލިސަކީ، އެމީހެއްގެ އަތުގައި ދިރިއުޅުމަށް ބޭނުންވާ ފައިސާއެއް އަދި މުދަލެއް ނެތް މީހާއެވެ. އެހިނދު ޙަދީޘްކުރެއްވިއެވެ. “ހަމަކަށަވަރުން، ތިމަންކަލޭގެފާނުގެ އުންމަތުގެ މީހުންކުރެ މުފްލިސަކީ، ނަމާދާއި، ރޯދައާއި، އަދި ޒަކާތާއިގެން ޤިޔާމަތް ދުވަހު އަންނަ މީހާއެވެ. އޭނާ މަޙްޝަރު ކުރެވޭއިރު އޭނާވަނީ އެވެނި މިވެނި މީހަކަށް އެއްޗެހި ކިޔާފައެވެ. އެވެނި މިވެނި މީހަކަށް ޤަޒުފު ކޮށްފައެވެ. އެވެނި މިވެނި މީހެއްގެ މުދާ ކައިފައެވެ. އެވެނި މިވެނި މީހެއްގެ ލޭ އޮހޮރުވައިފައެވެ. އެވެނި މިވެނި މީހެއްގެ ގައިގައި ޖަހައިފައެވެ. އެހިނދު އޭނާގެ ހެޔޮ ޢަމަލުތަކުން އެވެނި މިވެނި މީހަކަށް ދެވޭނެތެވެ. އަނިޔާލިބުނު މީހުންގެ ޙައްޤު އަދާވުމުގެ ކުރީން އޭނާގެ ހެޔޮ ޢަމަލުތައް ހުސްވެއްޖެ ނަމަ، އަނިޔާ ލިބުނު މީހުންގެ ފާފަތައް އަނިޔާވެރިވި މީހާއާއި ލައިޖެއްސޭނެތެވެ. އެއަށް ފަހު، އޭނާ ނަރަކައަށް އެއްލައިލެވޭނެތެވެ.” މިޙަދީޘް ބަސްފުޅުން އެނގޭ ގޮތުގައި އިންސާނާ ކިތަންމެ ގިނަ ހެޔޮކަމަކާއިގެން اللهُ سُبْحَانَهُ وَتَعَالَىއާއި ބައްދަލުކުރިޔަސް، މީސްތަކުންގެ ޙައްޤުތަކަށް އޭނާ ރައްކާތެރި ނުވެއްޖެ ނަމަ، އެ ހެޔޮ ޢަމަލަކުން އޭނާއަށް ކުރާނެ އެއްވެސް މަންފާއެއް ނޯންނާނެކަމަށް ހުތުބާގައި ވަނީ ފާހަގަކޮށްފައެވެ.
ގިބްލާ ހައްޖު އެންޑް އުމްރާ ގްރޫޕުގެ ނަމުގައި އޮޅުވާލައިގެން ފައިސާ ހޯދަނީ، ސަމާލުވޭ! ނަތަންޔާހޫ ހައްޔަރުކުރުމުގެ އަމުރަށް ރައީސްގެ މަރުހަބާ ވިދާޅުވެއްޖެ މަސްވެރިންގެ ގައުމީ ދަފުތަރުގައި 80 ޕަސެންޓު ދޯނި ދަފުތަރު ކުރެވިއްޖެ ރާއްޖޭގެ ކުށުގެ ވެށީގައި އުޅޭ ކ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ