ނޯޓިސް ހަމަވިއިރުވެސް ޕްރޮޖެކްޓު ނުނިންމުމުން އެޗްޑީސީން، ޖާހު އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑު ވެފައިވާ އެއްބަސްވުން ބާތިލްކޮށްފި އެވެ.
އެޗްޑީސީން ބުނީ ޖާހުގެ ފަރާތުން ހުޅުމާލޭގައި 2017 ވަނަ އަހަރު ތަރައްގީކުރަން ފެށި "ދަ ގާޑަންސް" ޕްރޮޖެކްޓް ނިންމުމަށްޓަކައި އެކި ފަހަރު މަތިން އެ ފަރާތަށް އިތުރުކޮށްދީފައިވެ އެވެ.
އެ ކުންފުނިން ބުނީ އެންމެ ފަހުން ދިން މުއްދަތުގައި އެފަރާތުން އެ ޕްރޮޖެކްޓް ނިންމާފައި ނުވުމުގެ ސަބަބުން، މިކޯޕަރޭޝަނާއި ޖާހު އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑާ ދެމެދު ސޮއިކުރެވިފައިވާ އެއްބަސްވުން ބާޠިލުކުރުމުގެ އެންމެ ފަހު މަރުހަލާގެ ދަށުން ދެވޭ ޤާނޫނީ ނޯޓިސް ދިނުމަށް، މިކޯޕަރޭޝަންގެ ބޯޑުން ނިންމައި، އެ ނޯޓިސް ވާނީ ޖަނަވަރީ 27 ގައި ޖާހު އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑަށް ފޮނުވިފައި ކަމަށެވެ.
Advertisement
އަދި އެ ނޯޓިސްގައި ބަޔާންކުރާ މުއްދަތު ކަމަށްވާ 45 ދުވަހުގެ ތެރޭގައި ޖާހު އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން މި ޕްރޮޖެކްޓްގެ ނުނިމި ހުރި މަސައްކަތްތައް ނުނިންމާ ހާލަތުގައި، މި އެއްބަސްވުން ބާތިލުކޮށް އެ ޕްރޮޖެކްޓް ޖާހު އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑުގެ އަތުން ނަގާނެކަން އެފަރާތަށް އަންގާފައިވާ ކަމަށެވެ.
އަދި ބުނީ އެ ކޯޕަރޭޝަނުން ފޮނުވާފައިވާ ޤާނޫނީ ނޯޓިސްގައި ބަޔާންކުރެވުނު މުއްދަތުގައި ޖާހު އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑް އިން މި ޕްރޮޖެކްޓުގެ މަސައްކަތް ނިންމާފައި ނުވާތީ، އެފަރާތާއި މި ކޯޕަރޭޝަނާއި ދެމެދު ވެފައިވާ އެއްބަސްވުން ބާތިލްކޮށް، ތަން ހަވާލުކުރުމަށް މިއަދު އެ ކުންފުންޏަށް ވަނީ އަންގާފައި ކަމަށެވެ.
“… އަދި، އެއްބަސްވުން ބާތިލްކުރުމަށްފަހު ޕްރޮޖެކްޓުގެ މަސައްކަތް ނިންމުމުގެ ކަންކަން ރޭވިފައިވާ ގޮތުގެ މައުލޫމާތު މި ޕްރޮޖެކްޓުން އެޕާޓްމަންޓް ބައްލަވައިގަނެފައިވާ ފަރާތްތަކާއި މިކޯޕަރޭޝަނުން ހިއްސާކުރާނެ ވާހަކަ ދެންނެވީމެވެ،”
އެޗްޑީސީން އެޅި މި ފިޔަވަޅު އަޅާފައިމިވަނީ ޖާހު އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑުން އެޕާޓްމަންޓް ގަތުމަށް ފައިސާ ދައްކާފައވާ ފަރާތްތަކަށް، ވީ އެންމެ އަވަސް މުއްދަތެއްގައި، އެޕާޓްމަންޓްތައް ހަވާލުކުރެވޭނެ މަގުފަހިކުރުމުގެ ބޭނުމުގައި ކަމަށް ވަނީ ބުނެފަ އެވެ.
ޕްރޮޖެކްޓް ނުނިންމުނު، އެޗްޑީސީން ޖާހުގެ އެއްބަސްވުން ބާތިލު ކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ