އެމްޑީޕީގެ އެކްޓިވިސްޓު، އަދި ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް ނަސީމުގެ މަންމަ، މަރިޔަމް ޒުބައިރު (މަންދީ)ގެ ގަޔަށް މިރޭ ބަޔަކު ކަޅުތެޔޮ ޖަހައިފި އެވެ.
އެމްޑީޕީން ބާއްވަމުންދާ ސިލްސިލާ މުޒާހަރާ ނިންމުމަށް ފަހު މިރޭ ސައިކަލްގައި ގެޔަށް ދިޔަ މަގުމަތީގައި، މަންދީ އަށް ކަޅުތެލުގެ ހަމަލާ ދިނީ ހެލްމެޓު އަޅައިގެން ތިބި ބަޔަކު ދަންވަރު 1:07 ހާއިރު ކަލާފާނު ހިނގުމުން ކަމަށް އޭނާ ބުންޏެވެ.
މުޒާހަރާއެއްގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ، ޑރ. މުހައްމަދު މުއިއްޒުގެ ބޭފުޅެއްގެ ވާހަކަ ދެއްކި މަންދީގެ މައްޗަށް ފުލުހުން ޖިނާއީ ތަހުގީގެއް ހިންގަން ވަނީ ފަށައިފި އެވެ.
މަންދީ ބުނީ މީގެ ކުރިން ވެސް ސައިކަލްގައި އެކަނި އުޅޭ ކަމަށާއި ދުވަހަކު ވެސް މަގުމަތިން މީހަކު މިފަދަ ކަމެއް ކޮށްފައި ނެތް ކަމަށެވެ.
"އަޅުގަނޑުމެންނަށް ގަބޫލު ކުރެވެނީ ދެން މި ސަރުކާރުގެ އެއްވެސް ހިމާޔަތަކާއި ރައްކާތެރި ކަމެއް އެމްޑީޕީގެ މީހަކަށް ނެތޭ،"މަންދީ ބުންޏެވެ.
"އަޅުގަނޑު އެދެނީ ފުލުހުންގެ ކިބައި ތިބޭފުޅުން ވަކި ފަރާތަކަށް ނުޖެހި އަޅުގަނޑުމެންނަށް ވެސް ދިވެހިރައްޔިތެއްގެ ހައިސިއްޔަތުން ހިމާޔަތާއި ރައްކާތެރިކަން ދޭށޭ"
މަންދީ ގަޔަށް ކަޅުތެޔޮ ޖަހައިފި މަންދީ ގަޔަށް ކަޅުތެޔޮ ޖަހައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ