މަރުކަޒީ ބޭންކް، އެމްއެމްއޭއިން ނިންމާ ބޮޑެތި ނިންމުންތައް ލީކް ކުރަނީ އެ އިދާރާގެ ކޮން މުވައްޒަފުންނެއްތޯ ބެލުމަށް ތަހުގީގެއް ފަށައިފި އެވެ.
ވީ ކިހިނެއް؟ - އިތުބާރު ހުރި މަސްދަރަކުން 'ދައުރު'އަށް ކަށަވަރުވެފައިވާ ގޮތުގައި، ހުޅުމާލެއިން 14 ބިލިއަން ރުފިޔާއަށް ބިމެއް ގަތުމަށް އެމްއެމްއޭން މިފަހުން ނިންމި ނިންމުން އާންމުވާ ވިދިގެން ވަރަށް ގިނަ މުވައްޒަފުންގެ ސިސްޓަމްތަކަށް ނުވަދެވޭ ގޮތް ވަނީ ހަދައިފަ އެވެ.
ތަފްސީލް - އެގޮތަށް ހެދީ އެ މައުލޫމާތު ލީކްކުރީ ކޮން މުވައްޒަފުންނެއްކަން ދެނެގަތުމަށް ކަމަށް އޮފިޝަލަކު ވިދާޅުވި އެވެ. އެ ތަހުގީގުގައި އެމްއެމްއޭގެ އައިޓީ ޑިޕާޓްމަންޓުގެ އިތުރަށް ފުލުހުން ވެސް ބައިވެރިވާ ކަމަށްވެ އެވެ.
އެކަމާ ގުޅޭ ގޮތުން އެމްއެމްއޭގެ ރަސްމީ ބަހެއް ލިބޭ ގޮތެއް ނުވި އެވެ.
ފާހަގަކޮށްލެވޭ - އިގްތިސާދީ ބޮޑެތި ނުރައްކާތަކެއް ކުރިމަތިވެދާނޭ ކަމަށް އިގްތިސާދީ ދާއިރާގެ ބޭފުޅުން ފާހަގަ ކުރައްވައި ހުޅުމާލެއިން 14 ބިލިއަން ރުފިޔާއަށް އެމްއެމްއޭން ބިމެއް ގަންނަން ނިންމި މައްސަލައިގައި އެ އިދާރާއިން އެއްވެސް އެއްޗެއް މިހާތަނަށް ބުނެފައެއް ނުވެ އެވެ. ސުވާލުކުރި ނަމަވެސް އެކަމާ މެދު އެއްޗެއް ބުނަން ބޭނުމެއް ނުވެ އެވެ. އެގޮތުން:
އެ ނިންމުމާ މެދު އެމްއެމްއޭގެ ބޯޑުގައި ވަރަށް ބޮޑަށް ހިޔާލު ތަފާތުވި
އެކަމާ ހުރެ އެ ބޯޑުގައި އިންނެވި އިކޮނޮމިކް މިނިސްޓްރީ ތަމްސީލް ކުރައްވާ ޝުހާދު އިބްރާހިމް ވަނީ އިސްތިއުފާ ދެއްވާފައި
ބޯޑުގައި އިންނަވާ ފިނޭންސް މިނިސްޓްރީ ތަމްސީލް ކުރައްވައި އެ އިދާރާގެ އިކޮނޮމިސްޓް އަހުމަދު ޒަޔާން މުހައްމަދު ވެސް ވަނީ އިސްތިއުފާ ހުށަހަޅުއްވާފައި
އެ ނިންމުންތަކާ މެދު ހިތްހަމަނުޖެހި އެމްއެމްއޭގެ ޑެޕިއުޓީ ގަވަރުނަރު އަހުމަދު އިމާދު ވެސް މިއަދު ވަނީ އިސްތިއުފާ ދެއްވައިފަ އެވެ.
އެމްއެމްއޭން މައުލޫމާތު ލީކް ކުރާ ބަޔަކު ހޯދަން ބޮޑު ތަހުގީގެއް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ