18 ރަށެއްގެ ސްކޫލްގެ މަސައްކަތް ނިންމަން ސަރުކާރުގެ ތިން ކުންފުންޏަކަށް

18 ރަށެއްގެ ސްކޫލުތަކުގައި ނުނިމި ހުރި މަސައްކަތްތައް ނިންމުމަށް ސަރުކާރުގެ ތިން ކުންފުންޏަކާ އެޑިޔުކޭޝަން މިނިސްޓްރީން ހަވާލުކޮށްފި އެވެ.
އެ މަސައްކަތްތައް ހަވާލުކޮށްފައިވަނީ ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އަށާއި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގް ކޮމްޕެނީ (އެމްޓީސީސީ) އަދި ފެނަކަ ކޯޕަރޭޝަނަށެވެ.
އެ ކުންފުނިތަކާ އެ މަސައްކަތް ހަވާލުކުރީ އިއްޔެ އެޑިޔުކޭޝަން މިނިސްޓްރީގައި އެކަމަށްޓަކައި ބޭއްވި ރަސްމިއްޔާތެއްގަ އެވެ.
އެ އެއްބަސްވުމުގައި އެޑިޔުކޭޝަން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު އެވެ. އަދި އެ ތިން ކުންފުނީގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނިތަކުގެ މެނޭޖިންގް ޑިރެކްޓަރުންނެވެ.
ރާއްޖޭގެ 18 ރަށެއްގެ ސުކޫލްތަކުގައި ނުނިމިހުރި މަސައްކަތްތަކުގެ ތެރެއިން 12 ސުކޫލެއްގެ މަސައްކަތް ކުރުމަށް ފެނަކަ ކޯޕަރޭޝަނާ ހަވާލުކުރެއްވުން. pic.twitter.com/TyekfaAFiq— Ministry of Education (@MoEdumv) March 16, 2025
ފެނަކައާ ހަވާލުކޮށްފައި ވަނީ 12 ސްކޫލެއްގެ މަސައްކަތެވެ.
އެމްޓީސީސީއާ ހަވާލުކުރި ހއ. އުލިގަމާއި ރ. އުނގޫފާރާއި ކ. މާފުށި އަދި ވ. ފެލިދޫ ސްކޫލްގެ މަސައްކަތެވެ. އަދި އާރްޑީސީއާ ހަވާލުކުރީ ހއ. ފިއްލަދޫ އަދި ރ ހުޅުދުއްފާރު ސްކޫލްގެ މަސައްކަތެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ