ހުޅުމާލެއިން ދޫކުރެވުނު ބިންތަކާއި ގުޅޭގޮތުން ހާއްސަ އޮޑިޓެއްކޮށް، އެ އޮޑިޓުން، އެ ސްކީމާ ގުޅޭ އެފަދަ އިތުރު މައްސަލަތަކެއް ފާހަގަވެފައިވާތީ، އެ މައްސަލަތައް އިތުރަށް ތަހުގީގު ކުރުމަށްޓަކައި، ފުލުހުންނަށް ވަނީ ހުށަހަޅާފަ އެވެ.
ކުރީ ސަރުކާރުން ހިންގި "ބިންވެރިޔާ" ސްކީމުގެ ދަށުން ހުޅުމާލޭން ދޫކޮށްފައިވާ ބިންތަކުގެ އިމާރާތްކުރުމުގެ ހުއްދައަށް އެދޭ އިރު، އެއްބިމަކަށް އެއް ފަރާތަށް ވުރެ ގިނަ ފަރާތްތަކުން އިމާރާތްކުރުމުގެ ހުއްދައަށް އެދި ހުށަހަޅަމުންދާތީ، އެކަން އިތުރަށް ބަލައި އެކަމާއި ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުންދާ ކަމަށް ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނެފި އެވެ.
އެގޮތުން އެޗްޑީސީން ބުނި ގޮތުގައި "ބިންވެރިޔާ" ސްކީމްގެ ދަށުން ހުޅުމާލެއިން ދޫކުރެވުނު ބިންތަކާއި ގުޅޭގޮތުން ހާއްސަ އޮޑިޓެއްކޮށް، އެ އޮޑިޓުން، އެ ސްކީމާ ގުޅޭ އެފަދަ އިތުރު މައްސަލަތަކެއް ފާހަގަވެފައިވާތީ، އެ މައްސަލަތައް އިތުރަށް ތަހުގީގު ކުރުމަށްޓަކައި، ދިވެހި ފުލުހުންގެ ހިދުމަތަށް ހުށަހަޅާފައިވާ ކަމަށެވެ.އެޗްޑީސީން ބުނީ ކުރިއަށް އޮތް ތަނުގައި ވެސް އެފަދަ ކަންކަން ބަލައި، އަޅަންޖެހޭ އެންމެހައި ފިޔަވަޅުތައް އަޅަމުން ގެންދާނެ ކަމަށެވެ.އެ ކޯޕަރޭޝަނުން އަބަދުވެސް މަސައްކަތް ކުރަނީ، ރައްޔިތުންގެ ލާބައާއި މަންފާއަށް އަދި ރައްޔިތުންނަށް ދޭންޖެހޭ ހިދުމަތްތައް ނަޒާހަތްތެރިކަމާއެކު އެންމެ ފުރިހަމައަށް ފޯރުކޮށް ދިނުމަށް ކަމަށް ވެސް އެ ކޯޕަރޭޝަނުން ބުންޏެވެ.
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
ބިންވެރިޔާ ސްކީމާ ގުޅޭ އޮޑިޓެއްކޮށް، ފާހަގަވި ކަންކަން އެޗްޑީސީން ފުލުހަށް ހުށަހަޅައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ