"ޕްރިންސަސް ސްރީނަގަރިންދްރާ އެވޯޑަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

ނަރުހުންނާއި ފޫޅުމައިންނަށް އަމާޒުކޮށްގެން އެދާއިރާގައި އިޖުތިމާޢީ ކުރިއެރުމަށް ކުރެވޭ މަސައްކަތް ފާހަގަކޮށްދޭ "ޕްރިންސަސް ސްރީނަގަރިންދްރާ އެވޯޑް 2025" އަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
ސިއްޙީ ވުޒާރާއިން މިކަން އިޢުލާން ކުރައްވަމުން ވިދާޅުވެފައިވަނީ، މި އެވޯޑަކީ ތައިލޭންޑްގެ ޕްރިންސަސް ސްރީނަގަރިންދްރާގެ އުފަންދުވަހާ ގުޅުވައިގެން ކޮންމެ އަހަރަކު ދެމުން އަންނަ އެވޯޑެއް ކަމަށެވެ. އަދި މި އެވޯޑަށް ދިވެހިންނަށްވެސް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށް އެ ވުޒާރާއިން ވަނީ ފާހަގަކުރައްވާފައެވެ.
މި އެވޯޑަށް ކުރިމަތިލުމަށް ޝައުޤުވެރިވާ ފަރާތްތަކުން އެޕްރީލް 30 ވަނަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން ނޮމިނޭޝަން ފޯމު ފުރިހަމަކުރުމަށްފަހު، ސިއްޙީ ވުޒާރާގެ ޕޮލިސީ އިމްޕްލިމަންޓޭޝަން އެންޑް އިންޓަރނޭޝަނަލް ރިލޭޝަންސް ޑިވިޜަނަށް ހުށަހަޅަންޖެހޭނެއެވެ. އަދި އެ ޑިވިޜަންގެ އީމެއިލް މެދުވެރިކޮށްވެސް ފޯމު ހުށަހެޅުމުގެ ފުރުސަތު އޮންނާނެ ކަމަށް ވުޒާރާއިން ވަނީ ހާމަކުރައްވާފައެވެ.
އެޕްލިކޭޝަންތައް ބަލައިގަތުމަށް ހަމަޖެހިފައިވަނީ ރަސްމީ ބަންދު ދުވަސްތައް ފިޔަވައި އެހެން ދުވަސްތަކުގެ ހެނދުނު 9:00 އިން މެންދުރުފަހު 14:00 އަށް، އުމަރު ޒާހިރު އޮފީސް އިމާރާތުގައި ހުންނަ އެ ވުޒާރާގެ ކައުންޓަރުންނެވެ. އަދި މި އެވޯޑާ ގުޅޭ އިތުރު މަޢުލޫމާތު މިކަމަށް ޚާއްޞަކުރެވިފައިވާ ވެބްސައިޓުންނާއި ސިއްޙީ ވުޒާރާއަށް މެއިލްކުރުމުން ލިބެން ހުންނާނެ ކަމަށްވެސް އެ ވުޒާރާއިން ވަނީ ފާހަގަކުރައްވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ