ރޯދަ މަހުގެ ފަހު 10 ގެ ތެރެއިން ތިން ދުވަހު އެމްއައިބީ ހުޅުވާނެ ރޯދަ މަހުގެ ފަހު 10 ގެ ތެރެއިން ތިން ދުވަހު އެމްއައިބީ ހުޅުވާނެ

ރޯދަ މަހުގެ ފަހު 10 ގެ ތެރެއިން މާޗު 20، 28، އަދި 29 ގައި މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) ހުޅުވައި ހިދުމަތް ދޭނެ ކަމަށް އެ ބޭންކުން ބުނެފި އެވެ.
އެމްއައިބީން ބުނީ އެ ތިން ދުވަހު އެ ބޭންކު ހެނދުނު 09:30 ގައި ހުޅުވުމަށްފަހު ބަންދުކުރާނީ މެންދުރު 2:00 ޖަހާއިރު ކަމަށެވެ.
ނަމަވެސް އެމްއައިބީގެ ބިޒްނަސް ބްރާންޗް ފަހު 10 ގެ ހަފްތާ ބަންދު ނޫން ކޮންމެ ދުވަހަކު ހުޅުވުމަށް ވަނީ ހަމަޖެހިފަ އެވެ.
އެމްއައިބީގެ ހުރިހާ ހިދުމަތެއް ބޭންކަށް ނުގޮސް ލިބޭއިރު 2023 އިން ފެށިގެން އެ ބޭންކަށް ނުގޮސް އެކައުންޓު ހުޅުވި ފައިސާނެޓުން ވިޔަފާރިތަކަށް ބޭނުންވާ ގިނަ ހިދުމަތްތައް އޮންލައިންކޮށް ލިބެ އެވެ.
އެމްއައިބީގެ އިންޓަނެޓް ބޭންކިން މެދުވެރިކޮށް ވިޔަފާރިތަކުން އަމިއްލައަށް ބަލްކް ޓްރާންސްފާ މެދުވެރިކޮށް މުސާރަޖަމާކުރެވޭނެ އެވެ.
އަދި އެ ބޭންކުގެ އިންޓަނެޓް ބޭންކިން އިން ފަސޭހަ ކަމާ އެކު ޓީޓީ ކުރެވި، ރައްކާތެރި ކަމާއިއެކު ފައިސާގެ މުއާމަލާތް ކުރެވޭ އިރު ފަހު 10 ގައި އެމްއައިބީ ހުޅުވާ ތިން ދުވަހު އެ ހިދުމަތްތައް ލިބޭނެ އިންތިޒާމު ވަނީ ހަމަޖައްސާފަ އެވެ.
އެމްއައިބީގެ އިންޓަނެޓް ބޭންކިން މެދުވެރިކޮށް ވިޔަފާރިތަކުން އަމިއްލައަށް ބަލްކް ޓްރާންސްފާ މެދުވެރިކޮށް މުސާރަ ޖަމާކުރެވޭނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ