ރޯދަ މަހުގެ ފަހު 10ގެ ތިން ދުވަހެއްގައި އެމްއައިބީ ހުޅުވާނެ

ރޯދަ މަހުގެ ފަހު 10 ގެ ތިން ދުވަހަކު މޯލްޑިވްސް އިސްލާމިކް ބޭންކް ހުޅުވައިގެން ހިދުމަތް ދޭނެ ކަމަށް އެ ބޭންކުން ބުނެފި އެވެ.ރޯދަ މަހުގެ ފަހު ދިހައެއްގެ ދުވަސްތަކަކީ ސަރުކާރު ބަންދު ދުވަސްތަކެއް ކަމަށް މިއަހަރު ވެސް ވަނީ ނިންމާފަ އެވެ.އެހެންކަމުން އެ ބޭންކުން ވަނީ ރޯދަ މަހުގެ ފަހު ދިހައެއްގައި ބޭންކު ހުޅުވާނެ ދުވަސްތަކެއް ކަނޑައަޅައިފައެވެ. އެ ބޭންކުން ބުނީ، މިމަހުގެ 20ވަނަ ދުވަހާއި 27 އަދި 29ވަނަ ދުވަހު އެ ބޭންކު ހުޅުވާނެ ކަމަށެވެ.އެ ތިން ދުވަހު އެމްއައިބީން ހިދުމަތް ދޭނީ ހެނދުނު 9:30އިން މެންދުރު 14:00ގެ ނިޔަލަށެވެ. އަދި، އެ ދުވަސްތަކުގައި ބޭންކަށް ގޮސްގެން ވެސް ކަސްޓަމަރުންނަށް ޚިދުމަތް ހޯދޭނެ ކަމަށް އެމްއައިބީން ބުނެފައިވެ އެވެ.އެމްއައިބީގެ ބިޒްނަސް ބްރާންޗު (ހެޑް އޮފީހުގެ ގްރައުންޑް އަދި ފަސްޓު ފްލޯ) ހަފްތާ ބަންދު ފިޔަވައި ފަހު 10 ގެ ހުރިހާ ދުވަހެއްގައި ވެސް ހުޅުވާފައި ހުންނާނެ އެވެ.އެމްއައިބީ އަކީ އެ ބޭންކުގެ ހުރިހާ ހިދުމަތެއްވެސް ބޭންކަށް ނުގޮސް ހޯދޭ ބޭންކެކެވެ. އެގޮތުން 2023 އިން ފެށިގެން ބޭންކަށް ނުގޮސް އެކައުންޓު ހުޅުވޭއިރު، އެ ބޭންކުގެ ފައިސާނެޓުން ވިޔަފާރިތަކަށް ބޭނުންވާ ގިނަ ހިދުމަތްތަކެއް އޮންލައިންކޮށް ލިބެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ