ތިމާ އެންމެ ބޮޑަށް ލޯބިވަނީ ﷲ ތަޢާލާގެ ޙަޟްރަތަށް ކަމަށާއި ހުންނަން ބޭނުންވަނީ އިސްލާމް ދީނުގައި ކަމަށް ބުނަމުން ފާފަކުރުންމަތީގައި ދެމިހުރުމުގެ ހުރި ނުބައިކަމުގެ ބޮޑުކަމާއިމެދު އެއްވެސް ވަރަކަށް ވިސްނާލަމުހެއްޔެވެ؟ ނޫންނަމަ ނުވަތަ ނުއެނގޭނަމަ އަޑުއަހާށެވެ!
ކޮންމެ މުސްލިމަކުވެސް ބުނާނީ އެންމެ ބޮޑަށް ލޯބިވަނީ ﷲ ތަޢާލާ ދެކެ ކަމަށެވެ. އެހެން ބުނަމުންވެސް ބައެއް މީހުން ބޮޑެތި ފާފަތައް ކުރެއެވެ. ފާފަކުރަނިކޮށްވެސް ސުވާލުކޮށްފިނަމަ ބުނާނީ ތިމަންނާ އެންމެ ބޮޑަށް ލޯބިވަނީ ﷲ ތަޢާލާ ދެކެ ކަމަށެވެ.
"ބަލަ ﷲ ތަޢާލާ ދެކެ ލޯބިވާނަމަ ތިއަފަދަ ބޮޑެތި ފާފަތައް ކުރަނީ ކީއްވެގެންތޯ؟" ސުވާލުކޮށްފިނަމަ ބުނާނީ ތިމަންނާގެ ހިތް ﷲ ދެނެވޮޑިގެންވާނެ ކަމަށެވެ. އެއީ މީހަކު ނުބުނި ނަމަވެސް އެންމެންނަސްވެސް އެނގޭ ކަމެކެވެ. އެންމެންގެ ހިތްވެސް ﷲ ތަޢާލާ ދެނެވޮޑިގެންވެއެވެ.
އެހެންބުނާ މީހުންގެ ހިތާއިމެދު އެއްވެސް އެއްޗެއް ބުނާކަށް ނެތީމެވެ. ނަމަވެސް ބުނަން އޮތީ ﷲ ތަޢާލާ ދެކެ ލޯބިވާކަމަސް ބުނަމުން ބޮޑެތި ފާފަތައް ކުރަމުން ތިމާގެ ހިތް އެކަލާނގެ ދެނެވޮޑިގެންވާނެ ކަމަށް ބުނުމަކީ މުނާފިޤުންގެ ސިފައެއް ކަމަށެވެ. އެހެނީ ﷲ ތަޢަލާ ދެކެ ކިތަންމެ ވަރަކަށް ލޯބިވާ މީހަކަށްވެސް ފާފައެއް ކުރެވިދާނެއެވެ. ނަމަވެސް ﷲ ތަޢާލާ ދެކެ ލޯބިވާނަމަ ފާފަކުރުންމަތީގައި ދެމިނުހުންނާނެތީއެވެ.
މިކަމުން އެނގެނީ އެމީހަކު ދީން ބޭނުން ނުވާކަމެވެ. ﷲ ތަޢާލާގެ ދީން ބޭނުން ނުވާނަމަ ﷲ ތަޢާލާ ދެކެ ލޯބިވުމުގެ އޮތީ ކޮން ބޭނުމެއް ހެއްޔެވެ؟ އެކަމުން ކުރާނީ ކޮން ފައިދާއެއް ހެއްޔެވެ؟
- ޝައިޚް މުޙައްމަދު ހޮބްލްސްގެ ދަރުސަކުން
ﷲ ތަޢާލާގެ ދީން ބޭނުންނުވާ މީހުން ﷲ ތަޢާލާދެކެ ލޯބިވާކަމަށް ބުނުމަކީ އިތުރަށް ކުރެވޭ ބޮޑު ފާފައެއް!: ޝައިޚް މުޙައްމަދު ހޮބްލްސް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ