ދިވެހި ގައުމިއްޔަތު ދިރުވައި އާލާކުރާ ދުވަސް ފާހަގަކުރުމަށް މިއަދު ހަވީރު އެކުވެރި ކަމުގެ ފިނިބުރެއް ބާއްވާ ގޮތަށް ހަމަޖެހިއްޖެއެވެ.
ދިވެހި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާއިން ބުނީ މި ފިނިބުރު ފަށާނީ މިއަދު ހަވީރު 16:30 ގައި ހެދިގޮނޑުދޮށުން ކަމަށެވެ.
މި ފިނިބުރަށް އެންމެހާ ފަރާތްތަކަށް ވަނީ ދައުވަތު އަރުވާފައެވެ.
Advertisement
ގައުމިއްޔަތު ދިރުވައި އާލާ ކުރާ ދުވަހެއް ފާހަގަކުރުމަށް ފުރަތަމަ ނިންމަވާފައުވަނީ، ކުރީގެ ރައީސް އަބްދުالله ޔާމީންގެ ވެރިކަމުގައި، 2018 ވަނަ އަހަރުއެވެ. އެ އަހަރުން ފެށިގެން ކޮންމެ އަހަރަކު މާޗު ހަ ވަނަ ދުވަހަކީ ރާއްޖޭގެ ގައުމިއްޔަތު އާލާކުރާ ދުވަސް ކަމުގައި އޭރު ވަނީ ކަނޑައަޅުއްވާފައެވެ.
ގައުމިއްޔަތު ދިރުވައި އާލާކުރާ ދުވަސް ފާހަގަކުރުމަށް މިއަދު ހަވީރު ފިނިބުރެއް ބާއްވަނީ!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ