ދުޅަހެޔޮ ސިއްހަތަކަށް އަހުލުވެރިކުރުމުގެ ގައުމީ ކެމްޕެއިން އިފުތިތާހުކޮށްފި

ދުޅަހެޔޮ ސިއްހަތަކަށް އަހުލުވެރިކުރުމުގެ ގައުމީ ކެމްޕެއިނެއް މިއަދު އިފުތިތާހުކޮށްފިއެވެ. ގައުމީ ޔުނިވާސިޓީ (އެމްއެންޔޫ)ގައި ބޭއްވި ރަސްމިއްޔާތެއްގައި އެ ކެމްޕެއިން އިފުތިތާހުކޮށްދެއްވީ ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއުއެވެ. މި ރަސްމިއްޔާތުގައި އެމްއެންޔޫގެ ވައިސް ޗާންސެލާ ޑރ. އައިޝަތު ޝެހެނާޒް އަލީ ވިދާޅުވީ، މި ކެމްޕެއިން ފެށީ އެ ޔުނިވާސިޓީއާއި ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އާއި ޑަބްލިއުއެޗްއޯއާ ގުޅިގެން ހެދުނު ސްޓެޕް ސާވޭން ދެއްކި ކަންބޮޑުވާ ނަތީޖާތަކުގެ ސަބަބުން ކަމަށެވެ. އެ ސްޓެޕް ސާވޭއިން ވަނީ ސިއްހަތަށް ނުރައްކާތެރި ކާނާ ބޭނުންކުރާ އާދަތައް އިތުރުވެފައިވާ ވުމާއި ގައިންގައިންގަޔަށް ނާރާ ބަލިތަކަށް މަގުފަހިވާ އެހެނިހެން ކަންތައްތައް އިތުރުވެ، ދުންފަތުގެ އިސްތިއުމާލުކުރާ މީހުން އިތުރުވެފައި ވާކަމަށް ދައްކާފައެވެ. ދުޅަހެޔޮ ސިއްހަތަކަށް އަހުލުވެރިކުރުމުގެ ގައުމީ ކެމްޕެއިން އިފްތިތާހުކުރުމުގެ ތެރެއިން -- ފޮޓޯ/ ޕީއެސްއެމް އެ ނަތީޖާ ތަކަށް ބަލައި، ދުޅަހެޔޮ ދިރިއުޅުމަކަށް ރަނގަޅު ކަންތައްތަކެއް ފަށާފައިވާކަމަށް ޝެހެނާޒް ވިދާޅުވިއެވެ، އެގޮތުން، އިތުރު ދިރާސާތައް ކުރުމާއި 'ދިގު ހިނގުން' ނަމުގައި ކެމްޕެއިނެއް ފަށާފައިވާ ކަމަށް ޝެހެނާޒް ވަނީ ވިދާޅުވެފައެވެ. އަދި، 10،000 ފިޔަވަޅުގެ ޗެލެންޖު އެމްއެންޔޫއިން ކުރިއަށް ގެންދިޔައިރު، މިއަންނަ ހަފުތާ ބަންދުގައި އެމްއެންޔޫ މެރަތަން ބޭއްވުމަށް ވެސް އެ ޔުނިވާސިޓީން ވަނީ ނިންމާފައެވެ. ނަމަވެސް، ދެމެހެއްޓެނިވި ގޮތުގައި އެ ހަރަކާތްތައް ކުރިއަށް ގެންގޮސް، ދުޅަހެޔޮ މުޖުތަމައެއް ބިނާކުރުމުގެ މަސައްކަތް ކުރުމަށް އަމާޒުހިފީ އެހެން އިދާރާތަކާ ގުޅިގެން ގައުމީ ފެންވަރުގައި ކެމްޕެއިނެއް ފަށަން ރައީސް ޑރ. މުޙައްމަދު މުއިއްޒު އެ ޔުނިވާސިޓީއާ ހަވާލުކުރުމުން ކަމަށް ޝެހެނާޒް ވިދާޅުވިއެވެ. މި ކެމްޕެއިނަކީ ހަމައެކަނި ވަކިވަކި ހަރަކާތްތަކަށް އަމާޒުކުރެވިފައިވާ ހަރަކާތެއް ނޫން، މިއީ ދުޅަހެޔޮ މުޖުތަމައުއެއް އުފެއްދުމަށް ދެމެހެއްޓެނިވި ގޮތެއްގައި ކުރެވޭނެ މަސައްކަތެއް. އެނގިވަޑައިގަންނަވާނެ ފަދައިން ބަލިތަކަށް ފަރުވާ ދިނުމަކީ މުހިންމުކަމެއް ކަމުގައި ވީނަމަވެސް، އަބަދުވެސް އަޅުގަނޑުމެން އިސްކަމެއް ދޭންވާނީ ބަލިތައް ޖެހުނަ ނުދިނުމަށް މަސައްކަތްކުރުމަށް އެމްއެންޔޫގެ ވައިސް ޗާންސެލާ ޑރ. އައިޝަތު ޝެހެނާޒް އަލީ އޭގެއިތުރުން، މި ކެމްޕެއިންގެ ދަށުން ޔުނިސެފާ ގުޅިގެން އަންނަ ރޯދަ މަހު ޚާއްސަ ކެއްކުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންދާނެ ކަމަށް ޝެހެނާޒް ވިދާޅުވިއެވެ. އެ ޕްރޮގްރާމުގައި އެމްއެންޔޫގެ ފެކަލްޓީ އޮފް ހޮސްޕިޓާލިޓީ އެންޑް ޓޫރިޒަމް ސްޓަޑީސްގެ ދަރިވަރުންނާއި މުވައްޒަފުން ސިއްހަތަށް ފައިދާ ހުރި ކާނާ ބޭނުންކުރުމުގެ އާދާ އާލާކުރުމަށް ފައިދާ ހުރި ކާނާގެ ބާވަތްތައް ދައްކައިދޭނެ ކަމަށް އޭނާ ވިދާޅުވިއެވެ. އެ ހަރަކާތްތަކުގެ އިތުރުން، އެހެނިހެން ހަރަކާތްތައް ވެސް މިއަހަރަށް ބަހާލާފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ