22،000 ރުފިޔާގެ މުސާރައަށް ޑިގްރީ ފެންވަރުގެ ސެކިއުރިޓީ އެނަލިސްޓުން ފުލުހުން ހޯދަނީ

ފުލުހުންގެ ސައިބާ ކްރައިމް ސެންޓަރަށް، ޑިގްރީ ފެންވަރާއި، އެއަށްވުރެ މަތީ ފެންވަރުގެ ތައުލީމް ހާސިލްކޮށްފައިވާ ހަތަރު ސެކިއުރިޓީ އެނަލިސްޓުން ހޯދުމަށް މިއަދު އިއުލާނުކޮށްފިއެވެ. ފުލުހުން ކުރި އިއުލާނުގައިވަނީ އެ މަގާމަށް ކުރިމަތިލާ މީހުންނަކީ 18 އަހަރާއި 40 އަހަރާ ދެމެދުގެ މީހުންނަށް ވާން ޖެހޭނެ ކަމަށެވެ. އަދި މިދިޔަ ފަސް އަހަރު ތެރޭ މަނާކޮށްފައިވާ މަސްތުވާއެއްޗަކުން ދުރުވުމަށް ފަރުވާ ހޯދާފައިވާ މީހަކަށް ވެގެންނުވާނެ ކަމަށެވެ. އިތުރަށް ހުންނަން ޖެހޭ ޝަރުތުތަކަކީ: ކޮމްޕިއުޓާ ސައިންސް، އިންފޮމޭޝަން ސެކިއުރިޓީ ނުވަތަ ގުޅުން ހުުރި ދާއިރާއަކުން މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ ގަބޫލުކުރާ ލެވެލް ހަތެއް ނުވަތަ އަށެއްގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ ގުޅުން ހުރި ދާއިރާއަކުން ލެވެލް ފަހެއް ނުވަތަ ހައެއް ހާސިލުކޮށް، ގުޅުން ހުރި ދާއިރާއަކުން މަދުވެގެން ދެ އަހަރުގެ ތަޖުރިބާ ލިބިފައިވުން ވަޒީފާގެ މަސްއޫލިއްޔަތު އަދާކުރެވޭ ފަދަ ސިއްހަތެއްގައި ހުރި މީހެއް ކަމަށް ވުން ދީނުގައި ހައްދެއް ކަނޑައެޅިފައިވާ ކުށެއް ނުވަތަ ވައްކަމެއް، ޓެކުން، މަކަރާއި ހީލަތް ހެދުން، މަސްތުވާތަކެތި ބޭނުންކުރުން ނުވަތަ ވިޔަފާރިކުރުން އަދި، ޚިޔާނާތެއް ފަދަ ކުށެއް މިދިޔަ ފަސް އަހަރު ތެރޭ ޝަރީއަތަށް ސާބިތުވެފައިވާ މީހަކަށްނުވުން މި މަގާމަށް މީހުން ހޮވުމުގައި އިސްކަންދޭނީ މަގާމުގެ މަސައްކަތާ ގުޅުން ހުރި ދާއިރާއަކުން ތަޖުރިބާ ލިބިފައިވާ މީހުންނަށް ކަމަށް އިއުލާނުގައިވެއެވެ. އެއާއެކު، މިމަގާމަށް ހޮވޭ މީހުންނަށް އަސާސީ މުސާރައާއި ސާވިސް އެލަވަންސްގެ އިތުރުން އިތުރު އިނާޔަތްތައް ލިބެއެވެ. އެގޮތުން: އަސާސީ މުސާރަ: 7،000 ރުފިޔާ ސާވިސް އެލަވަންސަށް މަހަކު 2،700 ރުފިޔާ ނޮން ޕްރެކްޓިސް އެލަންވަންސަށް 2،450 ރުފިޔާ (އަސާސީ މުސާރައިގެ 35%) އިތުރު ގަޑިއަށް މަހަކު ލިބެނީ 4،200 ރުފިޔާ (އަސާސީ މުސާރައިގެ 60%) ޕްރޮފެޝަނަލް އެލަވަންސަށް 1,050 ރުފިޔާ (އަސާސީ މުސާރައިގެ 15%) ފުޑް އެލަވަންސްގެ ގޮތުގައި ދުވާލަކަށް 160 ރުފިޔާ ބޭސްފަރުވާ ކުރުން މި ހުރިހާ އިނާޔަތަކާއެކު ޖުމްލަ 22،200 އެއްހައި ރުފިޔާ މަހަކު މުސާރައިގެ ގޮތުގައި ލިބޭނެއެވެ. މި މަގާމަށް ކުރިމަތިލުމުގެ ސުންގަޑި ހަމަވާނީ އަންނަ ހަފުތާގެ ހޯމަ ދުވަހުގެ 16:00އަށެވެ. މަގާމަށް ކުރިމަތިލާން އެދޭ ފޯމު ފުލުހުންގެ ވެބްސައިޓުން ލިބޭއިރު، ލިޔުންތަކާއެކު ފޯމު ހުށަހަޅަން ޖެހެނީ ޝަހީދު ހުސައިން އާދަމް ބިލްޑިންގެ ރިސެޕްޝަނަށެވެ. ފުލުހުންގެ ސައިބާ ކްރައިމް ސެންޓަރަށް އޮފިސަރުން ހޯދަން އިއުލާނުކުރިއިރު، މި ބާވަތުގެ މައްސަލަތައް ވަރަށް އާންމެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ