މިއުނިކް (ޖޫން 8) - ސްޕެއިންގެ ޒުވާން ތަރި ލަމީން ޔަމާލް އަށް ޕްރެޝަރު ނުދީ އޭނާގެ ކެރިއަރު ރަނގަޅު ގޮތުގައި ކުރިއަށްދާން ފުރުސަތު ދޭން ޖެހޭ ކަމަށް ޕޯޗުގަލްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ ބުނެފި އެވެ.
މިރޭ ސްޕެއިންއާ ދެކޮޅަށް ނޭޝަންސް ލީގު ފައިނަލުގައި ޕޯޗުގަލް އިން ނުކުންނައިރު، މިއީ ލަމީން ޔަމާލް ހުރި ޓީމަކާ ދެކޮޅަށް ރޮނާލްޑޯ ކުޅޭ ޓީމެއް ވާދަކުރާނެ ފުރަތަމަ ފަަހަރެެވެ. މީގެ ކުރިން ވެސް ރޮނާލްޑޯ ވަނީ އެކި އިވެންޓްތަކުގައި އާއި ޕްރެސް ކޮންފަރެންސްތަކުގައި ލަމީން އަށް ތައުރީފް ކޮށްފަ އެވެ.
ރޮނާލްޑޯ ބުނީ މީޑިއާތަކުން އަބަދުވެސް ބޭނުންވަނީ ކަންކަން "ބޮޑުކޮށްގެން" ދައްކަން ކަމަށެވެ. އެކަމަކު، ފެންވަރު ހުރި ރަނގަޅު ކުޅުންތެރިއެއް ކުރިއަަރަމުން އަންނައިރު، އޭނާ އަށް އިތުރު ޕްރެޝަރުތަކެއް ދިނުން ބަލައެއް ނުގަނެވޭނެ ކަމަށް ބުނެ ރޮނާލްޑޯ ޝުއޫރުފާޅުކުރި އެވެ. .
"ލަމީން (ޔަމާލް) ވަނީ ކްލަބް ލެވަލްގަ އަދި ސްޕެއިންއާއެކު މޮޅު ކުޅުމެއް ދައްކާފައި. މިއީ (ފައިނަލް މެޗު) އޭނާގެ ކޮލެޓީ ދައްކާލަން ރަނގަޅު މެޗެއް." ރޮނާލްޑޯ ބުންޏެވެ.
ރޮނާލްޑޯ ބުނީ ފައިނަލްތަކަކީ އަބަދުވެސް އޭނާ އެންމެ ކުޅޭ ހިތްވާ އަދި އޭނާގެ ފެންވަރު ދައްކާލަން ބޭނުންވާ މެޗުތައް ކަމަށެވެ. އެހެންވެ އޭނާ ވެސް ދޫ ދިނުމެއް ނެތި ނޭޝަންސް ލީގުގެ ފައިނަލުގައި، ސްޕެއިނާ ދެކޮޅަށް ކުޅޭނެ ކަމަށް ރޮނާލްޑޯ ވަނީ ބުނެފަ އެވެ.
ރޮނާލްޑޯގެ އިތުރުން ލަމީން ވެސް ވަނީ ފައިނަލް ކާމިޔާބުކޮށް ގައުމީ ޓީމާއެކު އިތުރު ކާމިޔާބީ ހޯދަން ބޭނުންވާ ކަމަށް ބުނެފަ އެވެ. އަދި، ޕޯޗުގަލްއާ ދެކޮޅަށް ސްޕެއިން އިން ނުކުންނާނީ ވަރުގަދަ ޓީމެއްކަން ދަނެގެން މޮޅުވާން ކަމަށް ލަމީން ބުނެފައިވެ އެވެ.
ޔަމާލް އަށް ޕްރެޝަރު ނުދޭން ރޮނާލްޑޯ ގޮވާލައިފި ޔަމާލް އަށް ޕްރެޝަރު ނުދޭން ރޮނާލްޑޯ ގޮވާލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ